ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

16 ޖޫން 2020 10:10

ނަންބަރު

31

2020 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

- މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އެ ބިލަށް ހުށަހަޅުއްވާފައިވާ ކޮމެންޓްސްތަކާއެކު، ބިލުގެ 5 ވަނަ މާއްދާއިން ފެށިގެން 7 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީން ނިންމެވީ ބިލު އެއްކޮށް ދިރާސާކުރެއްވުމަށްފަހު ބިލުގެ މާއްދާތައް ފާސްކުރެއްވުމަށެވެ. - އޭގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ 3 މައްސަލައެއް ބެއްލެވިއެވެ. އެއީ މުޙައްމަދު ރަޝާދު (ހ.ކުންނާރުމާގެ، މާލެ) ފޮނުއްވާފައިވާ މައްސަލައާއި ފާތިމަތު ސައުސަން ސިއްދީގު (ގަސްކަރަ، ކ. ތުލުސްދޫ) ފޮނުއްވާފައިވާ މައްސަލަ އަދި ދ.ބަނޑިދޫ ސްކޫލްގެ ލީޑިން ޓީޗަރ ޢަލީ ޢީސާއާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން މަޢުލޫމާތައްޓަކައި ފޮނުއްވާފައިވާ ސިޓީގެ މައްސަލައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
1 މާރިޗު 2020 - ތަޢުލީމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA