ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

22 ޖެނުއަރީ 2020 14:12

ނަންބަރު

4

2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

- ގދ. އަތޮޅުގެ 4 އަންހެންކުދިންނަށް ޢުމުރުން ދުވަސްވީ މީހަކު ޖިންސީގޯނާކުރި މައްސަލައާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހޯދުމަށާއި، އެ މައްސަލައިގައި ހިމެނޭ ކުދިންގެ ޙާލަތު ބެލުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ސިޓީ ފޮނުވުމަށް ނިންމެވި. - ގެވެށި އަނިޔާގެ މައްސަލައިގައި ކޮމިޓީން ނިންމެވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، އެޗް.އާރް.ސީ.އެމްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލުހޯދުމަށް. - ލ. ބަނޑިދޫ ސްކޫލްގެ ލީޑިންގ ޓީޗަރު އެރަށު ސްކޫލްގެ ކުދިންނަށް ޖިންސީ ފުރައްސާރަކުރާ މައްސަލަ އަދި ޤުރުއާން ޓީޗަރަކު 7 އަހރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، އޭނާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ވަޒީފާއަދާކުރަމުންދާކަމަށްބުނާ މައްސަލަ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސަމާލުކަމަށް ގެނައުމަށް ކޮމިޓީން ނިންމެވި. - ކޮމިޓީއަށް ހުށަހެޅޭ ނުވަތަ ކޮމިޓީގެ ސަމާލުކަމަށް އަންނަ ޖިންސީ ގޯނާގެ މައްސަލަތަކާގުޅޭގޮތުން ކަމާގުޅޭ އިދާރާތަކަށް އެންމެ ފުރަތަމަ ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމަށް ނިންމުމުގެ ބާރު ކޮމިޓީގެ މުޤައްރިރަށް ދިނުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA