ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

7 އޭޕްރީލު 2020 14:30

ނަންބަރު

21

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މި މައްސަލައިގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް އެޝޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 2. އެއަށްފަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އަށް ކޮވިޑް 19 އާ ގުޅިގެން، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން އެ ފަރާތުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA