ގަވާއިދު ކޮމިޓީ

2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

11 ފެބްރުއަރީ 2020 12:30 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާކުރެއްވުމެވެ. މިގޮތުން، ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހެދިފައިނުވާތީ، އެ ގަވާއިދުތައް އެކުލަވާނުލެވި ލަސްވާ ސަބަބާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީގެ މެންބަރުން އިއްތިފާޤުވެލެއްވެވިއެވެ. އަދި މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އެ މިނިސްޓްރީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރުމަށް ނިންމެވިއެވެ. އެއަށްފަހު، މީރާއިން ޢަމަލުކުރައްވަމުންގެންދަވާ އެއްވެސް ގަވާއިދެއްގެ ދަށުން ޖޫރިމަނާއެއް ކުރައްވަމުން ގެންދަވާނަމަ، އެކަމުގެ ތަފްޞީލާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، އެ އޮތޯރިޓީގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވައި ނިންމެވިއެވެ. ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނިފައިވާ ގަވާއިދުތަކަށް ޢަމަލުކުރާ މުއްދަތު ހަމަވާން ކައިރިވެފައިވުމުން އެ ގަވާއިދުތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ޑްރާފްޓް ކުރައްވަމުންގެންދަވާ ބިލުތަކާއި، ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް ނުފެށިވާ ބިލުތަކާއި، އަދި ޑްރާފްޓްކުރައްވައި ނިންމަވާފައިވާ ބިލުތަކުގެ ތަފްޞީލު ހޯދެއްވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ފެބްރުއަރީ 2020

ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ، އެ މައްސަލަ ބެއްލެވުން.

ކޮމެޓީ މަސައްކަތް ނިމިފައި

11 ފެބްރުއަރީ 2020

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ 02.11.2020

ކޮމެޓީ މަސައްކަތް ނިމިފައި

24 ޖުލައި 2019

ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރަމުންގެންދާ ގަވާއިދުތަކުގެ ދަށުން ފީ އަދި ޖޫރިމަނާ ނަގަމުންދާ ގަވާއިދުތައް ބަލައި، އެ ފީތައް ނަގަމުންދަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުން.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA