ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

18 ފެބްރުއަރީ 2020 12:30

ނަންބަރު

2

2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވީ ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ހެދިފައިނުވާތީ، އެ ގަވާއިދުތައް އެކުލަވާނުލެވި ލަސްވާ ސަބަބާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ބައްދަލުކުރެއްވުމެވެ. އެހެން ނަމަވެސް، މިނިސްޓަރ އަށް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިނުގެންނެވުމުން، އެ މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނާ ބައްދަލުކުރައްވައި ކޮމިޓީން ބޭނުންފުޅުވާ މަޢުލޫމާތު ހޯދުމަށް ނިންމެވިއެވެ. އެއަށްފަހު، ނޭޝަނަލް ޕޭ ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ފޮނުއްވާފައިވާ މުސާރައާއި ޢިނާޔަތްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. މިގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަޤާމުތަކަށް ހަމަޖެއްސުމަށް ފޮނުއްވާފައިވާ މުސާރައާއި ޢިނާޔަތްތަކާ ގުޅޭގޮތުން ހައްދަވާފައިވާ ސްޓްރަކްޗަރ ރަގަޅުކަމަށް ކޮމިޓީއަށް ފެންނަކަމަށް ނިންމެވިއެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލްތަކުގެ މެންބަރުންނަށް، ސިޓިންގ އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް -/500 ރުފިޔާ ހަމަޖެހިފައި ވީނަމަވެސް، އެ ބައްދަލުވުމަށް ހާޒިރުވުމަށް ކުރަންޖެހޭ ދަތުރަށް އެ ޢަދަދަށް ވުރެ ބޮޑު ޚަރަދެއް ހިނގާކަމަށް ކޮމިޓީން ފޮނުއްވާ ސިޓީގައި ފާހަގަކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA