ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

4 އޭޕްރީލު 2020 12:00

ނަންބަރު

20

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

1 އޭޕްރީލް 2020 ގައި ބޭއްވި 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކަމާގުޅޭ ކޮމިޓީތަކަށް އެ މައްސަލަ ފޮނުއްވުމާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އިޤްތިޞާދީ ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަން ކޮމިޓީން ދިރާސާކުރުމުގެ މަސައްކަތްކުރިއަށް ގެންދިޔައެވެ. އެގޮތުން، ކޮމިޓީއަށް ފޮނުއްވާފައިވާ މަސައްކަތްތައް ވަކިވަކިން ފާހަގަކޮށް އެކަންކަމާމެދު ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް ސިޓީ ފޮނުވައިގެން މަޢުލޫމާތު ސާފުކުރުމަށް ނިންމައި، އެފަދައިން ޢަމަލުކުރެވުނެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުސްތަޤްބަލުގައި އިޤްތިޞާދަށް ލިބިދާނެކަމަށް ލަފާކުރެވޭ ގެއްލުންތައް ދެނެގަތުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި، މިނިސްޓަރ އޮފް ފިނޭންސްއާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި، މިނިސްޓަރ އޮފް ޓޫރިޒަމްއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރއާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިންނާ ކޮމިޓީން ބައްދަލުކުރުމަށްވެސް ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA