މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

29 އޭޕްރީލު 2020 21:00 ނަންބަރު 22

ޚުލާސާ

1. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އަށް ކޮވިޑް 19 އާ ގުޅިގެން، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން އެ ފަރާތުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، 31 މެއި 2020 ގެ ނިޔަލަށް އެއްބަސްވުމުގައިވާ މުއްދަތު އިތުރުކުރުމަށް ނިންމެވިއެވެ. 2. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕާރސަނަށް ދެވޭ މުސާރައާއި އިނާޔަތްތައް މާލިއްޔަތު ކޮމިޓީއިން ކަނޑައެޅުމުގެ ކުރިން މި ދަނޑިވަޅުގައި އެމަޤާމު އުފެއްދުމަކީ ފީސިބަލްކަމެއްތޯއާއި މުސާރައާއި ޢިނާޔަތް ދިނުމުގައި ރިޢާޔަތްކުރައްވަން ޖެހޭނެ ކަންކަމާ މެދު މިނިސްޓްރީ އޮފް ފިނޭންސް އަދި ނެޝަނަލް ޕޭ ކޮމިޝަންގެ ލަފާ ހޯދުމަށް ނިންމެވިއެވެ. 3. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ބައްދަލުކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މާރިޗު 2020

ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ގެ އޮޑިޓްއާ ގުޅިގެން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

26 ޖޫން 2019

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު (2010) ގެ 98 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

25 ޖޫން 2019

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު (2010) ގެ 98 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA