ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

4 މޭ 2020 15:30

ނަންބަރު

24

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ އަދި މާލީގޮތުން ދިވެހިރާއްޖެއަށް ކުރާނެ އަސަރާއި، ސަރުކާރުން ހިންގެވުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ 19 ހުށަހެޅުމެއް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު 2 ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. މި ހުރިހާ ހުށަހެޅުމަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ތާއީދުކުރައްވާފައެވެ. އަދި މި ހުށަހެޅުންތަކަށް ވޯޓަށް އެހުން ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާ ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA