ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2020 ވަނަ އަަހަރުގެ 35 ވަނަ ބައްދަލުވުން

29 ޖޫން 2020 14:49 ނަންބަރު 35

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށްގެންދެވީ، "ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، ކޯވިޑް-19 އާ ގުޅިގެން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓިގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ އިދާރާތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ދެ ރިޕޯޓުވެސް ފާސްކުރެވުނެވެ. އެއަށްފަހު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށްޓަކައި އެ މަސައްކަތް ކުރިޔަށްދާ ސައިޓަށް ޒިޔާރަތްކުރެއްވަމަށެވެ. މިހުށަހެޅުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ތާއީދުކުރައްވަވައި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އަދި ހަމައެއާއެކު، ހިޔާ ފްލެޓްގެ މަސައްކަތާ ޙަވާލުވެފައިވާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްވެސް ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރައްވަވައި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. މީގެއިތުރުން، ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިޔަށްގެންދެވިއެވެ. އެގޮތުން، ބިލުގެ 13 ވަނަ މާއްދާގެ (ހ) އިން ފެށިގެން އެ މާއްދާގެ (ވ) ގެ ނިޔަލަށް ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 ޖޫން 2020

ހިޔާ ފްލެޓްތަކާގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

1 މާރިޗު 2020

ތަޢުލީމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

26 ނޮވެމްބަރު 2019

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA