ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2020 11:00

ނަންބަރު

20

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި،މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ސްޓޭޓް އޯންޑް އެންޑް އެންޓަޕްރައިޒް ކޮމިޓީއިން ސަރުކާރު ހިއްޞާވާ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ދަށް އާމްދަނީ ލިބޭ ނުވަތަ ފައިދާ ނުވާ ކުންފުނިތަކާއި މެދު ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު ހޯދުމަށް ސަރުކާރު ހިއްޞާވާ ކުންފުނިތަކަށް، މިނިސްޓްރީ އޮފް ފައިނޭންސް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުވުމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި ސަރުކާރުން ދޫކުރާ އެސް.އެމް.އީ ލޯނުތަކާއި ކުރިން ދޫކޮށްފައި ހުރި ލޯނުތަކަށް ދީފައިވާ ލުއިތަކުގެ ފުރިހަމަ މަޢުލޫމާތު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް، އެސް.އެމް.އީ އަދި މިކަމާ ގުޅޭ އެހެނިހެން އިދާރާތަކަށް ސިޓީ ފޮނުވުމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން އުފައްދާ ހުރިހާ ބާވަތެއްގެ ތަކެތި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ދަނޑުވެރިކަމަށް ޚާއްސަކޮށްގެން އުފައްދާ ޚާއްސަ ކުންފުންޏާއި އެހެނިހެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ގަނެ، އެތަކެތި ދިވެހިރާއްޖޭގެ ބާޒާރުތަކަށް ނެރޭނެ ގޮތްތައް ދެނެގަތުމަށާއި އަދި ދަނޑުވެރިކަމަށް ޚާއްސަކޮށްގެން އުފެއްދުމަށް ނިންމަވާފައިވާ ކުންފުނީގެ މަސައްކަތް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯދުމަށްވެސް އެ މިނިސްޓްރީއަށް ސިޓީ ފުޅެއް ފޮނުވުމަށް ނިންމެވިއެވެ. ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަށް ދިރާސާކުރުމަށް ކުރާ މަސައްކަތުގައި މާލިއްޔަތު ކޮމިޓީ އަދި އިޤްދިޞާދީ ކޮމިޓީއާއި ގުޅިގެން މަސައްކަތް ވީހާވެސް ފުރިހަމައަށް ތަކުރާރުނުވާނޭހެން ކުރުމަށްވެސް އެއްބަސްވެވިފައިވެއެވެ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA