ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

30 ޖޫން 2020 23:00

ނަންބަރު

36

2020 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދެވީ، ތަޢުލީމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ބިލުގެ 13 ވަނަ މާއްދާގެ (މ) އިން ފެށިގެން 19 ވަނަ މާއްދާގެ ނިޔަލަށް ކޮމިޓީން ގެންނެވި އިސްލާޙްތަކާއެކު ފާސްކުރެއްވިއެވެ. އެއަށްފަހު، ސުންގަޑި ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ސުންގަޑި ހަމަވެފައިވާ މަސައްކަތްތަކުގެ ސުންގަޑި އިތުރުކުރެއްވިއެވެ. އެގޮތުން، "ތަޢުލީމުގެ ބިލު"ގެ ސުންގަޑި އަކީ 20 ޖުލައި 2020 ކަމުގައާއި، "ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު" ގެ ސުންގަޑި އަކީ 31 އޮކްޓޯބަރ 2020 ކަމުގައި، އަދި "ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުން އިތުރުކުރުމަށްޓަކައި ހުށަހަޅާ ޤަރާރު" ގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2020 ކަމުގައި ކޮމިޓީ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA