ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2020 00:30

ނަންބަރު

22

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި މި ކޮމިޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ގޮތުން ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ގްރިޑްގައިވާ ނުކުތާތަކުގެ ތަރުތީބުން މަޝްވަރާކުރުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވަނީ ތާޢީދުކުރައްވައިފައެވެ. ބޭންކް ފެސިލިޓީތަކަށް ކުރިމަތިލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުމުގެ މުހިންމުކަމަށާއި އަދި މި ބޭފުޅުންނަށް ޖަވާބެއް ލިބުން އަވަސް ކުރަނެޖެހޭކަމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި ، މި ނޫންވެސް މުހިންމު ވަކި ވަކި ކުންފުނިތަކަށް އިސްކަންދީގެން މަޝްވަރާކުރިއަށް ގެންދިއުމަށް ވެސް މެންބަރުން ވަނީ އެއްބަސްވެފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA