ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2020 14:30

ނަންބަރު

23

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ކޮވިޑް-19 އާ ގުޅިގެން މި 2 ކުންފުނިން ކުރައްވަމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދަތިނުވާނެހެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅޭގޮތުން އެބޭފުޅުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް މެންބަރުން ވަނީ ސާފުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެސް.ޓީ.އޯ އަދި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ނަން މަޤާމް 1. އަލްފާޟިލް ޙުސައިން އަމްރު މުޙައްމަދު ރަޝާދު ސީ.އީ.އޯ އަދި އެމް.ޑީ – އެސް.ޓީ.އޯ 2. އަލްފާޟިލް މުޙައްމަދު މިހާދު ސީ.އެފް.އޯ – އެސް.ޓީ.އޯ 3. އަލްފާޟިލް އިސްމާޢީލް ފައުޒީ މިފްކޯގެ ސީ.އީ.އޯ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA