ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 މޭ 2020 15:30

ނަންބަރު

26

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

1. ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 121 ވަނަ މާއްދާގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕާރސަނަށް ދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރައްވައި ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައާއި ޢިނާޔަތްތައް އަންނަނިވި ގޮތަށް ކަނޑައެޅުމަށެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ހުށަހަޅާ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލް ޖުމްލަ އެލަވަންސް މުސާރަ ޢަދަދު މަޤާމް 35,000 10,000 25,000 01 ޗިލްޑްރަންސް އޮމްބަޑްސްޕަރސަން 2. ކޮވިޑް-19 އާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓްގެ މަސައްކަތް ޤާނޫނުގައި ބަޔާންކުރާ މުއްދަތަށް ނިންމުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އޮޑިޓް ޤާނޫނަށް އިޞްލާޙް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އެ އިޞްލާޙް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ މެންބަރެއްގެ ގޮތުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ކަނޑައެޅުއްވިއެވެ. 3. ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް މުރާޖަޢާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔާތްތައް ކަނަޑައަޅަންޖެހޭ ފަރާތްތަކުގެ އަސާސީ މުސާރައިން، ކުރިޔަށް އޮތް މެއި، ޖޫން، އަދި ޖުލައި 2020 އަށްވާ އަސާސީ މުސާރައިން އަންނަނިވި ތާވަލްއާ އެއްގޮތަށް އުނިކުރުމަށް، ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމިއެވެ. އަސާސީ މުސާރަ އުނިކުރާ މިންވަރު އަސާސީ މުސާރަ 0% 20,000 ރުފިޔާ އަށްވުރެ ދަށް 20% 20,001 ރުފިޔާ –30,000 ރުފިޔާ އަށްވުރެ ދަށް 30% 30,001 ރުފިޔާ – 60,000 ރުފިޔާ އަށްވުރެ ދަށް 35% 60,001 ރުފިޔާ އަށްވުރެ މަތި އެހެނިހެން ކަންކަމުގެ ތެރޭގައި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެސް.ޓީ.އޯ މެދުވެރިކޮށް ކުރެވިފައިވާ ޚަރަދުތަކުގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހަޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ތާޢީދުކުރެއްވިއެވެ. އެހެންކަމުން މި މައްސަލަ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާ ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA