ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

20 އޭޕްރީލު 2020 20:30

ނަންބަރު

24

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އިތުރަށް މަޝްވަރާތައްކުރެވުނެވެ. އެގޮތުން، މަޢުލޫމާތު ލިބިފައިނެތް އިދާރާތަކުން މަޢުލޫމާތު ހޯދުމަށް ފަހުގައި މެނުވީ ރަނގަޅު ނިންމުންތަކެއް ނުނިންމޭނެ ކަމަށާއި އަދި ފައިނޭންސިންގް ފެސިލިޓީ ދޫކުރުމުގައި ލުއިފަސޭހަ ނިޒާމެއް ޤާއިމްކުރުން މުހިއްމުކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި، ލޯންތަކަށް މިހާރު ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޢަދަދު ، އެ ޢަދަދާ އެއްވަރަށް ބޭންކްތަކުން އެ ފަރާތްތަކަށް ލޯނު ދޫކުރުވޭނެތޯ؟؛ އަދި އެ ލޯނުދޫކުރެއްވުމުގައި ބޭންކްތަކަށް ދިމާވެފައިވާ ދަތިތައ ބެލުމަށް ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ.ޑީ.ސީ އަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA