ޖުޑީޝިއަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ (އިންތިޤާލީ އިންސާފުގެ ބިލުގެ ޑްރާފްޓް އެކުލަވާލުމަށް ހޮއްވެވި)

އިންތިޤާލީ އިންސާފުގެ ބިލު ޑްރާފްޓްކުރުމަށް އެކުލަވާލި ޖޮއިންޓް ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

15 އޮކްޓޯބަރު 2019 13:00 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ކޮމިޓީގައި އެޖެންޑާ ކުރެވިފައިވަނީ އިންތިޤާލީ އިންޞާފުގެ ބިލު ޑްރާފްޓްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ މަސައްކަތްކުރުމެވެ. އެހެންނަމަވެސް، 7 އޮކްޓޫބަރު 2019 ގައި ބޭއްވެވި ބައްދަލުވުމުގައި އިދާރީ އޮޅުމެއްގެ ސަބަބުން ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިތުރު 2 މެންބަރުންނަށް ނޯޓިސް ނުދެވި އޮތުމުގެ ސަބަބުން، މިއަދުގެ ބައްދަލުވުމަކީ އިންތިޤާލީ ބިލު އެކުލަވާލުމަށް ބޭއްވޭ 1 ވަނަ ބައްދަލުވުމުގެ ގޮތުގައި ހަމަޖައްސަވާ ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވުވުމުގެ މަސައްކަތް ކުރިއަށްގެންދެވިއެވެ. 

ކޮމިޓީގެ މުޤައްރިރު އަދި ނައިބު މުޤައްރިރު ހޮއްވެވުމުގެ ކަންކަން ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ، ލީގަލް އެފެއާޒް އަލްއުސްތާޛާ އައިޝަތު ޝިފާއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ހުށަހަޅުއްވާ ދަނގެތި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. 


 އަދި ނައިބު މުޤައްރިރަކަށް ނަންފުޅު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ހުށަހަޅުއްވާ ދަނގެތި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ޙަކީމް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. 


އެއަށްފަހު، އިންތިޤާލީ އިންޞާފުގެ ބިލު ޑްރާފްޓުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، އެޓަރނީ ޖެނެރަލް އޮފީހާއި، ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާ ގުޅިގެން ބިލުގެ މަސައްކަތްކުރިއަށްގެންދަވާ ގޮތަށް ހަމަޖެހިފައިވާތީ، މިބިލުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް އެޓަރނީ ޖެނެރަލް އޮފީހުން ހޯދުން ރަނގަޅުކަމަށް ފެންނާތީ، ސިޓީއެއް ފޮނުވައިގެން މިކަންކަން ސާފުކުރުމަށްފަހު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން އިއްތިފާޤުވިއެވެ. އަދި ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި ސުންގަޑި ކަނޑައަޅާފައި ޑްރާފްޓްކުރުމުގެ މަރުޙަލާ ފައްޓަވަން ކޮމިޓީގެ މެންބަރުންގެ މެދުގައި އިއްތިފާޤުވެ ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. 


ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އިމްތިޔާޒު ފަހުމީ

މާފަންނު އުތުރު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ނާޡިމް

ދަނގެތި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ސަޢުދު ޙުސައިން

ވިލިނގިލި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
5
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
5
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
5
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ވޯޓުގެ ތަފްސީލް

އިމްތިޔާޒު ފަހުމީ

މާފަންނު އުތުރު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ނާޡިމް

ދަނގެތި ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ސަޢުދު ޙުސައިން

ވިލިނގިލި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
5
ފެންނަކަމަށް
5
ވޯޓުދިން މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
5
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
3
ޖުމްލަ މެންބަރުން
5
ހާޒިރުވެތިބި މެންބަރުން
5
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
5
ފެންނަކަމަށް
5
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
5
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
3

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

7 އޮކްޓޯބަރު 2019

އިންތިޤާލީ އިންޞާފުގެ ބިލު ޑްރާފްޓްކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA