ޖުޑީޝިއަރީ ކޮމިޓީގެ ސަބް ކޮމިޓީ 1 (ޖުޑީޝަލް ސަރވިސް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން)

ޖުޑީޝިއަރީ ކޮމިޓީގެ ސަބް ކޮމިޓީ 1 ގެ 2019 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

16 ޖުލައި 2019 14:03 ނަންބަރު 1

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް، ލީގަލް އެފެއާޒް އަލްއުސްތާޛް ޙުސައިން ވަޙީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ހުށަހަޅުއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްގެ ނަންފުޅެވެ. މި ނަންފުޅަށް އެއްވެސް މެންބަރަކު އިއުތިރާޟްނުކުރައްވާތީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. 

އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރުގެ ނަންފުޅެވެ. މި ނަންފުޅަށް އެއްވެސް މެންބަރަކު އިއުތިރާޟްނުކުރައްވާތީ، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރް ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ.

އެއަށްފަހު، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވީ، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީއަށް އައިސްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށެވެ. 




ބައްދަލުވުމުގެ ހާޒިރީ

ޙިސާން ޙުސައިން

ތުޅާދޫ ދާއިރާ

ބައިވެރިވެވަޑައިގަންނަވަންނުޖެހޭ

ޢަލީ ޙުސައިން

ކެންދޫ ދާއިރާ

ވަޑައިގެންނެވި

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

ވަޑައިގެންނެވި

މޫސާ ސިރާޖު

ފޮނަދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 ޖުލައި 2019

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    03
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    01
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA