ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

28 އޭޕްރީލު 2020 21:00 ނަންބަރު 25

ޚުލާސާ

މިއަދުގެ ބައްދަލުވުމުގެ އެޖެންޑާއަކީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގެވުމަށް ނިންމަވާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ފާސްކުރުން އަދި ފާސްކުރެވޭ ހުށަހެޅުންތަކާ އެކު ކޮމިޓީގެ ރިޕޯޓް ފާސްކުރުމެވެ. މި ހުށަހެޅުންތަކަކީ ކޮމިޓީ މެންބަރުން މަޝްވަރާކުރެއްވި ޕޮއިންޓްތަކާއި މަޖިލީހުގެ ރައީސް މި މައްސަލައާ ގުޅޭގޮތުން ފޮނުއްވާފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް ކޮމިޓީގެ ސެކްރެޓޭރިއެޓް އިން ތައްޔާރުކޮށްފައިވާ ހުށަހެޅުންތަކެވެ. ނަމަވެސް ކޮމިޓީއިން ވޯޓަށް އެހޭނީ ކޮމިޓީގެ މެންބަރުން ހުށަހަޅުއްވުމަށްފަހު ތާއިދުލިބިފައިވާ ކަންތައްތަކަށް ކަމަށް ކިނބިދޫ ދާއިރާގެ މުޙައްމަދު ނާޝިޒް ފާހަގަކުރެއްވައި، ފެލިދޫ ދާއިރާގެ މެންބަރު އިބްރަހީމް ފަޟުލް ރަޝީދު ތާއިދުކުރެއްވިއެވެ. އެހެން ނަމަވެސް ކޮމިޓީގައި ހާޒިރުވެވަޑައިގެންނެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ހުށަހެޅުންތަކަކީ ކޮމިޓީގައި ކުރެވުނު މަޝްވަރާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރައްވާފައިވާ ހުށަހެޅުންތަކެއްކަމުގައި ވާތީ، އެ ހުށަހެޅުންތަކަށް ވޯޓަށް އަހައިގެން ރިޕޯޓް ވީހާވެސް އަވަހަކަށް ނިންމެވުމަށެވެ. މިގޮތުން ސެކްރެޓޭރިއެޓް އިން ތައްޔާރުކުރައްވާފައިވާ ހުށަހެޅުންތަކަށް އިސްލާޙެއް ގެންނަން ބޭނުންފުޅުވާނަމަ މެންބަރުންނަށް އެ ފުރުސަތު ދީ، އެ ހުށަހެޅުންތަކާ އެކު ރިޕޯޓް ފާސްކުރެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ތާއިދުކުރެއްވިއެވެ. އެހެންކަމުން މިހާރު ހުރި ހުށަހެޅުންތައް ކޮމިޓީގައި އަލުން ހުށަހެޅުއްވުމަށްފަހު ތާއިދު ލިބޭ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުމަށް ނިންމެވިއެވެ. މިގޮތުން މި ބައްދަލުވުމުގައި ހުށަހެޅި ފާސްވެފައިވާ ހުށަހެޅުންތައް ތިރީގައި އެވަނީއެވެ. ހުށަހެޅުން 1: އެމް.އެމް.އޭގެ ޑިރެކްޓިވްއާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސްޓޭޓްމަންޓް އަދި އިންޓަރނޭޝަނަލް އެކައުންޓިންގ މިންގަނޑުތަކަށް ބަލާ ކުރިއަތްއޮތްތާގައި ވިޔަފާރި އަދި ކަސްޓަމަރުންނަން ގެއްލުންނުވާ އުޞޫލަކުން ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ދެންނެވުމަށާއި، އަދި ކަނޑައެޅިފައިވާ އުޞޫލުން އެ ބޭންކްގެ ކުރިމަގަށް އަދި ކަސްޓަމަރުންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި އަދި އެއަށްގެނެވޭނެ އެދެވޭ ޙައްލު ބަޔާންކޮށްދިނުމަށް އެބޭންކުގައި ދެންނެވުމަށާއި، އަދި ( އެމް.އެމް.އޭ، އޮޑިޓަރ ޖެނެރަލްސް އޮފީސް، އަދި ބީ.އެލް.އެލް) މި ތިން އިންސްޓިޓިއުޓަކީ ގިނަ ގުނަ ތަފާތު ތަކެއް ހުރި ތަންތަނަށް ވީއިރު އެ ކަންކަމަށް ރިޢާޔަތް ކޮށް އެ އުޞޫލަކުން ކަންކަންކުރުމަށް، އެތަންތަނުގައި ދެންނެވުން؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ލިބުނު ވޯޓު: 10 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 2: ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި އަދި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، ރައްޔިތުންނަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، ކޮވިޑް- 19 ގެ ޙާލަތާއި ގުޅިގެން ބިލް ނުދައްކާ ކަސްޓަމަރުންނަށް ކަރަންޓާއި ފެނުގެ ޚިދުމަތް ކަނޑާނުލުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ފުވައްމުލަކު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ، ތާއިދުކުރެއްވީ: މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު،. ލިބުނު ވޯޓު: 10 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 3: ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރަން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯން ފެސިލިޓީ އަކީ އެ ބޭންކްގެ ކަސްޓަމަރުންގެ ވިޔަފާރިއަށް ކޮވިޑް 19 ގެ ސަބަބުން އައިސްދާނެ ބުރޫތައް ދެނެގަނެ، މިލޯނަކީ ކަސްޓަމަރުން ހިމާޔަތް ކޮށްދިނުމަށް ނެގިފައިވާ ވިޔަފާރި ޑިސިނަކަށް ހެދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް ދެންނެވުމަށާއި، މިލޯންތަކަކީ ކަސްޓަމަރުން ހިމާޔަތްކުރުމަށް ދޫކުރެވިފައިވާ ލޯނުތަކަކަށްވީހިނދު، ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރާ ފަރާތްތައް މިލޯނުން އިސްތިސްނާކުރުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ، ތާއިދުކުރެއްވީ: ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާމް ލިބުނު ވޯޓު: 10 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 4: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ އިން ލޯނު ދެވިފައިވާ ހުރިހާ ސެކްޓަރތަކެއްގެ ނޮން ޕަރފޯމިންގެ އެސެޓްސް (އެން.ޕީ.އޭ) މެނޭޖްކުރުމަށް ޚާއްޞަ ސަމާލުކަމެއްދީ އަދި ހުރިހާ ސެކްޓަރތަކަކުން ބިޒްނަސް ގްރޯތް މޮނީޓަރކުރުމަށް އެކޯޕަރޭޝަންގައި ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 5: 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށާއި އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށްކަމުން، ލޯނަށް ފައިސާ ދޫކުރާނެ ގޮތްތަކާއި، ފައިސާ ދޫކުރާނެ ފަރާތްތައް ގިންތިކުރުމުގަޔާއި، އަދި ފައިސާދޭނެ މިންގަޑުތައް ކަނޑައަޅަންވާނީ، ރައްޔިތުންނަށް ހަމަހަމަ އުޞޫލުން، އޭގެ މަންފާއާއި ލާބަ ހުރިހާ ޢާންމު ފަރަދުންނަށް އެއްހަމައެއްގައި ލިބިދޭނެގޮތަށްކަމާއި، އަދި މި ލޯނު ފައިސާ ދޫކުރަން ފެށުމަށްފަހު މި ލޯނުތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ޙިއްޞާކުރުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޙަލީމް ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 6: ޕްރީމިއަމް މާރކެޓް އަށް ކޭޓަރ ނުކުރެވޭހާ ހިނދަކު ބޮޑު ކަންނެލި ގަންނަ އަގު ކަނޑުމަހު ގަންނަ އަގުގައި ގަތުމަށާއި، މަހުގެ ސްޓޮކް މިހާރު ޤާއިމްކުރެވިފައިވާ ސްޓޯރޭޖް ކެޕޭސިޓީ އަށްވުރެއް ގިނަކަމަށް އަންދާޒާ ކުރެވޭނަމަ، ސްޓޯރޭޖް ޤާއިމްކުރުމަށް ސަރުކާރުން އެހީވުމަށް މިނިސްޓްރީ އޮފް ފައިނޭންސްގައި ދެންނެވުމަށާއި އަދި ވެލިޔު އެޑް ކުރުމަށް ކޭނަރީ ސެޓަޕްކުރުމުގެ މަސައްކަތް އަވަސްކުރުމަށް ދެންނެވުމަށާއި، މިކަންކަން ކުރުމަށް ކަނޑައެޅިފައިވާ ތާވަލް، ޚަރަދު އަދި ކުރިމަގުގައި ލިބޭނެ ފައިދާ އެސްޓިމޭޓްކޮށް ޕްލޭނެއް އެކުލަވާލައި، އެޕްލޭނާއި އެއްގޮތަށް ކުރިޔަށް ގެންދަވައި، މި މަސައްކަތުގެ ސްޓޭޓަސް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ޙިއްޞާކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގައި ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ފުވައްމުލަކު މެދު މެންބަރު ޙުސައިން މުޙައްމަދުދީދީ ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 7: ދަނޑުވެރިން މިހާރުވެސް ރޯދައަށް ދަނޑުތައް ހައްދަން ފަށާފައިވުމާއެކު، އުފައްދާ ތަކެތި ހަލާކުނުވެ ތާޒާކަންމަތީ މާރުކޭޓްތަކަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން ދަނޑުވެރިން އުފައްދާ ބާވަތްތައް އެސް.ޓީ.އޯގެ އައުޓްލެޓެއް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތް އިމްޕްލިމެންޓްވެ ހިނގައިގަތުމުން، މި މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ހުށަހެޅުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 8: މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ، ލިޔުމަކުން ލިބިގެން މެނުވީ ކުންފުނީގެ އިދާރީ އޮނިގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި ބަޖެޓްގައި ހިމެނިފައިވީނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އެއްވެސް އެލަވަންސެއް، އަދި ބޯނަސްއެއް އަހަރުތެރޭގައި އަލަށް ދޭން ނުފެށުމަށް ހުރިހާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ދެންނެވުމަށާއި، އަދި ކުންފުނިތަކުގެ ބަޖެޓުން ޚަރަދެއް ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ދެންނެވުމަށާއި، އަދި ސަރުކާރު ޙިއްސާވާ ހުރިހާ ކުންފުނިތަކަކަށް ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާނެކަމަށް ބެލެވޭތީ، އެކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރަމަށް އިތުރު ފިޔަވަޅުތައް އަޅައި، ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓަސް ވަރަށް ގާތުން މޮނިޓަރކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ދެންނެވުމަށާއި، އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ ފައިސާ ހޯދައިދާނެ ގޮތްތަކާބެހޭ ޕްލޭނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ހުށަހެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 9: ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން 18 މާރިޗު 2020 ގައި ނެރެފައިވާ ސާރކިއުލާރއާ އެއްގޮތަށް، މާރިޗު މަހުން ފެށިގެން ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ތިއްބަވާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ އަސާސީ މުސާރައިން 20 އިންސައްތަ އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އުނިކުރުމަށާއި، އަދި މިހާތަނަށް އުނިނުކުރައްވާ ކުންފުނިތަކުން ކުރިޔަށް އޮތް މަހުގެ މުސާރައިން ފާއިތުވި މަހުގައި ނުކަޑައި ބައި ހިމަނައިގެން ކެނޑުމަށް ހުރިހާ ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ދެންނެވުމަށް ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 10: ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން މިހާރުގެ ޙާލަތަށާއި އަދި އެކުންފުނިތަކުގެ އުފެއްދުންތެރިކަން ނެތް ކުންފުނިތައް ވަގުތުން ވަގުތައް 'ހުއްޓާލާ' – ޕާކްކޮށް، އުވާލެވެން ހުރިތަންތަން އުވާލުމަށް ފިޔަވަޅުއެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ލިބުނު ވޯޓު: 7 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 11: ގެއްލުން ލިބެމުންދާ ކުންފުނިތަކުގެ މެންޑޭޓުގައި ބަޔާންކުރެވިފައިވާ ކަންކަމަށްބަލައި ކުންފުނި އުފެއްދިފައިވާ މަޤްސަދު ބޭރުން އެއްވެސް ކަމެއް ކުރާނަމަ، އެކަމެއް ހުއްޓައި އަދި ޢާންމު ވިޔަފާރިތަކުން ރަނގަޅަށް ކުރަމުންދާ މަސައްކަތްތައް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ނުކޮށްދޫކޮށްލައި، އަދި ކޮވިޑް-19 ގެ ޙާލަތުގައި ރާއްޖެއަށް އެންމެ ބޭނުންވެފައިވާ ސިނާޢަތުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ރޯލެއް އޮތްތޯބަލައި އެކަންކަން ނޫނީ ނުކުރުމަށް، އެކުންފުނިތަކުގައި ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ލިބުނު ވޯޓު: 7 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 12: ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ބޮޑެތި ކުންފުނިތަކުގައި 'ފަންނީ މަތީ ފެންވަރުގެ ވަޒީފާ' ތަކުގައި ގިނައިން ބޭރު މީހުން ތިބި ކުންފުނިތަކުން، ސަރުކާރުން/ސިވިލްސާވިސްއިން ދިވެހިން އެފަދަ މަޤާމުތަކަށް ޢައްޔަންކުރުމަށް ފުރުޞަތު ހޯދައިދީ، ބޭރު މީހުންގެ ދަށުން ދިވެހިން އެ މަޤާމުތަކަށް ތަމްރީންކުރުމަށާއި، އަދި އިތުރު ތަމްރީން ދޭންޖެހޭ ފަރާތްތަކަށް ތަމްރީން ދިނުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮއްދީ، ދިވެހިންނަށް މަތީފަންތީގެ ވަޒީފާތަކަށް ފުރުސަތު ހޯދައިދިނުން ސަރުކާރުން މަސައްކަތްކުރުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 13: ސަރުކާރުގެ ޙިއްސާވާ ކުންފުނިތައް ހިންގުމުގެ ކަންކަން ސަރުކާރުގެ ސިޔާސަތު ބޯޑް މެމްބަރުން މެދުވެރިކޮށް އެންގުމާއި އެކު މޮނިޓަރ ކޮށް އެސެސްކުރުން ޤާނޫނީ ގޮތުން ލާޒިމްކުރާ ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފުރިހަމައަށް އެމަސައްކަތްކުރުމުގެ އިޚްތިޔާރު ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށާއި، އަދި ކުންފުނިތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާއި ޤާނޫނުގައި ވާގޮތަށް ޙަވާލުކުރުމަށާއި، އަދި މިނިސްޓްރީ އޮފް ފިނޭންސްއިންނާއި އަދި އެހެން މުއައްސަސާތަކުން ވަކިވަކިން މިކަން ކުރުމުގެ ބަދަލުގައި ޕީސީބީއިން މިކަން ކުރިއަށް ގެންދިއުމަށް ފުރުޞަތު ދީ އެފަރާތުން އެކަން ގެންދާނެގޮތް މިނިސްޓްރީ އޮފް ފައިނޭންސްއިން ހަމަޖައްސަވައި ދެއްވުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ލިބުނު ވޯޓު: 8 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 14: ކުންފުނިތަކުގެ ކުއަރޓަރލީ ރިޕޯޓްތަކާއިއެކު ޚާއްޞަކޮށް ދޫކުރެވިފައިވާ ލޯންތައް ދޫކުރެވިފައި ހުރީ މިވަގުތުގެ ޙާލަތުން އަރައި ގަތުމަށްތޯ ބަލައި، އެލޯންތައް ބޭނުންކުރެވެނީ އެކުންފުންޏެއް ގެ ވިޔަފާއި ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތައްތޯބަލައި، އޭގެ ތަފްޞީލް އެކުންފުނިތަކުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރިޕޯޓްކުރުމަށް ދަންނަވައި، އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުންފުނިތަކުން ލޯނުތަކުގެ ތަފްޞީލު ރިޕޯޓްކުރަމުންދާ މިންވަރު ބަލައި، ސަރުކާރުން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯންތަކުގެ މިންވަރާއި ކުންފުނިތަކަށް ދޫކުރެވިފައިވާ ލޯންތައް ބޭނުންކުރެވެމުންދަނީ ހެދިފައިވާ އެގްރީމެންޓާއި އެއްގޮތަށްތޯ މޮނިޓަރކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 15: ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ތެރެއިން ރާއްޖޭން ބޭރުގެ ފަރާތްތަކުން ލޯން ނަގާފައިވާ ފަރާތަކަށް ލޯން ފަސްކުރުމަށް ލަސްނުކޮށް އެދުމަށް ސަރުކާރުގެ ކުންފުނިތަކަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 16: ލިކުއިޑިޓީ މެނޭޖްކުރުން- ޑޮމެސްޓިކް ބޭންކްތަކުން ލޯނު ނަގާފައި ހުރި ކުންފުނިތަކުން، މާލީ އިދާރާތަކަށް ލިޔެ 6 މަހުގެ މޮރޮޓޯރިއަމް އެކުންފުނިތަކަށް ހޯދުމުގެ މަސައްކަތްކުރުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 17: ސަރުކާރުން އެކުލަވާލައިފައިވާ 2.5 ބިލިއަން ރުފިޔާ ގެ އިޤްތިޞާދީ އެހީތެރި ކަމުގެ ޕެކޭޖްގެ ދަށުންނާއި ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރަން ނިންމާފައިވާ 308 މިލިއަން ރުފިޔާގެ ލޯނު ސްކީމްގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (10 މިލިއަންއަށް ވުރެ މަދުން ލިބޭ ވިޔަފާރިތައް ހިމެނޭގޮތަށް) ފައިނޭންޝަލް ފެސިލިޓީއެއް ނުވަތަ ލުޔެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފެންނަކަމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ލިބުނު ވޯޓު: 8 ވޯޓު- އަޣުލަބިއްޔަތުން ފާސްވެފައި. ހުށަހެޅުން 18: މާލީ އިދާރާތަކުން ޢާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ދެއްވާފައިވާ ކްރެޑިޓް ސްކީމުތަކަށް ކުރިޔަށް އޮތް 6 މަސްދުވަހު، އެފަރާތްތަކަށް ކްރެޑިޓް ރީޕޭމަންޓް ހެދުމުގައި ލުޔެއްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން އެދިވަޑައިގަންނަވާކަމަށް؛ ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ތާއިދުކުރެއްވީ: ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 19: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އަދި އެހެނިހެން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން، ޢާންމު ފަރުދުންނާއި، ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި، އެކުންފުންޏެއްގެ ޤާބިލުކަން ހުރި މިންވަރަކުން، ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ލުއިގޮތެއް ހަމަޖައްސައިދެއްވައި، މާފުކޮށްދިނުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު، ތާއިދުކުރެއްވީ: ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމް ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ހުށަހެޅުން 20: ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކުން، ސަބް-ކޮންޓްރެކްޓްގެ އުޞޫލުން މަސައްކަތް ޙަވާލުކުރާއިރު، އެޕްރޮޖެކްޓެއް ހިންގާ ދާއިރާގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް ފުރުޞަތު ދިނުމަށް ދެންނެވުމަށް؛ ހުށަހެޅުއްވީ: ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، ތާއިދުކުރެއްވީ: މާފަންނު މެދު އިބްރާހީމް ރަޝީދު ލިބުނު ވޯޓު: 9 ވޯޓު- އިއްތިފާޤުން ފާސްވެފައި. ކޮމިޓީގައި އަންނަނިވި 2 ހުށަހެޅުއްވުން ހުށަހެޅުނު ނަމަވެސް ބޭނުންވާ ޢަދަދަށް ވޯޓު ލިބިފައިނުވާތީ، މި ހުށަހެޅުންތައް ފާސްވެފައިނުވެއެވެ. 1. އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ އަދި ފެނަކައިން ރާއްޖެއިން ކަރަންޓާއި ފެނުގެ ޚިދުމަތް ދޭ ރަށްރަށުން މި 2 މަހުގެ ފެން ބިލާއި ކަރަންޓް ބިލު މުޅިން ހިލޭކޮށްދިނުން. ހުށަހެޅުއްވީ: ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ތާއިދުކުރެއްވީ: އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ލިބުނު ވޯޓު: ފެންނަ: 4 ވޯޓު، ނުފެންނަ: 1 ވޯޓު – ފާސްނުވޭ 2. އެއްކަހަލަ މަސައްކަތް ކުރާ ކުންފުނިތައް އެއްކޮށްލައި، އަދި އުވާލެވެން ނެތް ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ގޮތަށް ހިންގާ ކުންފުނިތައް ސަރުކާރުގެ މަސައްކަތެއް ގޮތުގައި ނަގައި، އަދި އެކުންފުނިތައް އުވާލުންމަށް ޤާނޫނުނަށް ބަދަލުތައް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެބަދަލުތައް ގެނެސް، އެގޮތަށް އަމަލުކުރުމަށާއި، މުވައްޒަފުން، މަސައްކަތްހުރި މިންވަރަށް ބަލައި އަދި އެކުންފުނިތައް އުފެއްދިފައިވަނީ މާކެޓް ފެއިލަރއަކަށް އެޑްރެސްކުރުމަށް ނުވާނަމަ ޕްރަވަޓައިޒްކޮށްގެން އުވާލުމަށާއި، ނޫންނަމަ ރެގިއުލޭޓްކޮށް މާކެޓް މެކޭނިޒަމްއަށް ދޫކޮށްލުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، މިކަމާގުޅޭ ރިޕޯޓެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއާއި މިނިސްޓްރީ އޮފް ފައިނޭންސަށް ހުށަހެޅުމަށް ދެންނެވުމަށް ހުށަހެޅުއްވީ: ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވީ: ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝީޔާން ލިބުނު ވޯޓު: ފެންނަ: 6 ވޯޓު – ފާސްނުވޭ އެއަށްފަހު ފާސްވެފައިވާ ހުށަހެޅުންތަކާއެކު ކޮމިޓީގެ ރިޕޯޓް ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޭޕްރީލު 2020

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA