ކޯޓުތަކުގެ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުތައް ދިރާސާކުރުމަށް ހޮވި ސަބް ކޮމިޓީ
6 އޮކްޓޯބަރު 2019 11:30 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރެއް ހޮއްވެވުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ތާއީދުކުރެއްވީ، ކޮމިޓީގެ މުޤައްރިރުކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އެވެ.
އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން އެވެ. މި ދެ ހުށަހެޅުއްވުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޟްނުކުރައްވާތީ މި ދެ ނަންފުޅު ފާސްވިއެވެ.
6 އޮކްޓޯބަރު 2019
ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަދި ޤާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ފަނޑީޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA