ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

18 މޭ 2020 16:00

ނަންބަރު

27

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

1. 17 މެއި 2020 ގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 26 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔާތްތައް ކަނަޑައަޅަންޖެހޭ ފަރާތްތަކުގެ އަސާސީ މުސާރައިން، ކުރިޔަށް އޮތް މެއި، ޖޫން، އަދި ޖުލައި 2020 އަށްވާ އަސާސީ މުސާރައިން އަންނަނިވި ތާވަލްއާ އެއްގޮތަށް އުނިކުރުމަށް، ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމެވި ނިންމެވުން އަލުން ރިވިޢުކުރުމަށް ރައްޔިތުން މަޖިލީހުން ނިންމަވައިފާވާތީ މުސާރައިގެ އޮނިގަނޑު އަލުން ރިވިޢުކުރުމަށް ފަހު މިރެޔަށް ބައްދަލުވުމެއް އެޖެންޑާ ކުރުމަށް ނިންމެވިއެވެ. އަސާސީ މުސާރަ އުނިކުރާ މިންވަރު އަސާސީ މުސާރަ 0% 20,000 ރުފިޔާ އަށްވުރެ ދަށް 20% 20,001 ރުފިޔާ –30,000 ރުފިޔާ އަށްވުރެ ދަށް 30% 30,001 ރުފިޔާ – 60,000 ރުފިޔާ އަށްވުރެ ދަށް 35% 60,001 ރުފިޔާ އަށްވުރެ މަތި 2. ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެސް.ޓީ.އޯ މެދުވެރިކޮށް ކުރެވިފައިވާ ޚަރަދުތަކުގެ ޚާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވިއެވެ. މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކުރައްވާފައިވާ ޚަރަދުތަކުގެ ޚާއްސަ އޮޑިޓެއް ހެއްދެވުމަށް އޮޑިޓަރ ޖެނެރަލްއަށް ދެންނެވުމަށް ނިންމެވިއެވެ. އެގޮތުން، އެ އޮޑިޓްގައި ވަކި ވަކި މުއައްސަސާތަކުން ޚަރަދުތައް ކުރައްވާފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިންތޯ ބައްލަވައި، އޮޑިޓް ރިޕޯޓް 45 ދުވަހުގެ ތެރޭގައި ކޮމިޓީއާ ޙިއްޞާކޮށްދެއްވުމަށާއި އޮޑިޓްގެ މަސައްކަތް ކުރެއްވުމުގައި އެ އޮފީހަށް އެއްވެސް ދައްޗެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވާނަމަ، އެކަމުގެ މަޢުލޫމާތު އަދި އޮޑިޓް ޕްރޮގްރެސް ގަވާއިދުން ކޮމިޓީއާ ޙިއްސާކޮށްދެއްވުމަށް ދެންނެވުމަށްވެސް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA