ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

18 މޭ 2020 22:00

ނަންބަރު

28

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

ރައްޔިތުންގެ މަޖިލީހުން މުސާރައާއި ޢިނާޔާތްތައް ކަނަޑައަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ފަޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މުސާރަތައް ފިޔަވައި އެހެނިހެން ފަރާތްތަކުގެ އަސާސީ މުސާރައިން، ކުރިޔަށް އޮތް މެއި، ޖޫން، އަދި ޖުލައި 2020 އަށްވާ އަސާސީ މުސާރައިން އަންނަނިވި ތާވަލްއާ އެއްގޮތަށް އުނިކުރުމަށް، ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމިއެވެ. އަސާސީ މުސާރަ އުނިކުރާ މިންވަރު އަސާސީ މުސާރަ 0% 20,000 ރުފިޔާ އަށްވުރެ ދަށް 20% 20,001 ރުފިޔާ –30,000 ރުފިޔާ އަށްވުރެ ދަށް 30% 30,001 ރުފިޔާ – 60,000 ރުފިޔާ އަށްވުރެ ދަށް 35% 60,001 ރުފިޔާ އަށްވުރެ މަތި އަދި ބުނެވިދިޔަ ގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި، ފަޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މުސާރައަށް ބަދަލު ތަންފީޒުކޮށްފިނަމަ ވަޒީފާގެ އޮނިގަނޑުގައި އެފަރާތްތަކުގެ މަޤާމާއި މަސްޢޫލިއްޔަތުތައް އަތުރާލެވިފައިވާ ގޮތާ ޙިލާފުވާނެތީ، އެގޮތާ ތަޢާރުޟު ނުވާނޭހެން އަންނަނިވި ގޮތަށް، އެފަރާތްތަކުގެ މުސާރަ ކޮމިޓީން ކަނޑައަޅުއްވުމަށް ނިންމެވިއެވެ. • މިގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލާފައިވާ ކަރުދާހާއި އެއްގޮތަށް ސުޕީރިއަރ ފަސްކޯޓުގެ ތެރެއިން ކްރިމިނަލް ކޯޓު އަދި ޑްރަގް ކޯޓުގެ އިސް ޤާޟީގެ މުސާރައާއި ޢިނާޔަތްތައް 43,200(ސާޅީސް ތިންހާސް ދުއިސައްތަ) ރުފިޔާގައި އަދި އެކޯޓުތަކުގެ އެހެން ޤާޟީންގެ މުސާރައާއި ޢިނާޔަތްތައް 43,000 (ސާޅީސް ތިންހާސް) ރުފިޔާއަށް ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ. • އަދި އަނެއް ތިން ކޯޓުގެ އިސް ޤާޟީގެ މުސާރައާއި ޢިނާޔަތްތައް 41,700 (ސާޅީސް އެއްހާސް ހަތްސަތޭކަ) ރުފިޔާގައި އަދި އެކޯޓުތަކުގެ އެހެން ޤާޟީންގެ މުސާރައާއި ޢިނާޔަތްތައް 41,500(ސާޅީސްއެއްހާސް ފައްސަތޭކަ) ރުފިޔާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހުށަހަޅުއްވާފައިވާ ގޮތަށް ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ. • އަދި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި، އެންމެ ދަށް މުސާރަ ލިބޭ މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްކަމަށްވާ 23,450 (ތޭވީސްހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގައި އެހެން ގިންތިތަކުގެ މެޖިސްޓްރޭޓުންގެ މުސާރައާއި ޢިނާޔަތްތައް ހިފެހެއްޓުމަށް ކޮމިޓީން ނިންމެވިއެވެ. • މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާގެ މުސާރަ އެ ޓްރައިބިއުނަލްގެ ނައިބް ރައީސްގެ މުސާރައަށްވުރެ ކުޑަވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މުސާރަ 32,000 (ތިރީސްދެހާސް) އަށް ކެޕްކުރުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA