ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

14 ޖޫން 2020 15:30

ނަންބަރު

29

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތައްޔާރުވެފައިވާ މިންވަރު ބެލުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް، ނިއު ނޯމަލްގައި އިންޓަރނޭޝަނަލް އެއަރޕޯޓްތަކުން ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ޢުސޫލެއް އެކުލަވާލައްވާފައިވާނަމަ، އެކަމާގުޅޭ މަޢުލޫމާތު ފޮނުއްވައިދެއްވުމަށް އެދި ސިޓީ ފޮނުވުމަށް ނިންމެވިއެވެ. މި ޢުސޫލުތަކާ އެއްގޮތަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ތައްޔާރުވެފައިވާފައިވާ މިންވަރު އަދި ނިއު ނޯމަލްއަށް ތައްޔާރުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުތައް ސާފުކުރެއްވުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.އަދި، އިސްވެދެންނެވުނު މަޢުލޫމާތުތައް ހޯދުމަށް ފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ޙާލަތު ބެލުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވިއެވެ. ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފިނޭންސް މިނިސްޓްރީން ދެއްވަން އެއްބަސްވެފައިވާ ފައިނޭންސް ލިބޭނެތޯ ސުވާލުއުފައްދައި، މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ސާފުކުރުމަށް ހުށަހަޅައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވަނީ މިހުށަހެޅުމަށް ތާޢީދުކުރަށްވައިފައެވެ. އެހެނިހެން މަސައްލަތައް 1.މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ 14 ޖޫން 2020ގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހިނގައިފައިވާ ސައިބަރ ތްރެޓް އަދި ސައިބަރ ސެކިއުރިޓީ އާ ގުޅޭގޮތުން މައްސަލަ ހުށަހަޅައި އިތުރަށް ބޭންކް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް ހުރިހާ މެންބަރުން އެއްބަސްވެޑައިގެންފައެވެ. 2.ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު އަލުމް ޢައްޔަންކުރެވިފައިވަނީ އެބޯޑުގެ ހިންގުން ޤާނޫނާއި އެއްގޮތަށް ކުރުމަށްކަމާއި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށް ބޯޑު މެންބަރުންނާއި ބައްދަލުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ތާޢީދުކުރަށްވާފައެވެ. 3.ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއަށް 8 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ޙަބަރު ލިބެމުންދާތީ މިކަމާ ގުޅިގެން އެ ކޮމްޕަނީގެ މެނޭޖިންގް ޑިރެކަޓަރު އަބްދުﷲ ސަޢީދު ހާޒިރުކުރުމަށް ފަހު ސުވާލުކުރުމަށް ހުށަހަޅައިފައެވެ. އެއަށްފަހު ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA