މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

26 މޭ 2020 15:30 ނަންބަރު 29

ޚުލާސާ

1. އެމް.އެމް.ޕީ.އާރް.ސީ މައްސަލައިގައި ކޮމިޓީއަށް ލިބިފައި ހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، މި މައްސަލައާމެދު ގޮތެއް ނިންމުމުގެ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަން، ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި މައްސަލަ މިހާރު އޮތް ހިސާބެއް ބެލުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. 2. ކޮވިޑް-19 އާ ގުޅިގެން، ދައުލަތުން މުސާރައާއި ޢިނާޔަތްތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް އަންނަނިވި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި ރައްޔިތުންގެ މަޖިލީހުން އެ ފިޔަވަޅުތައް އެޅޭނެ މަގުފަހިކޮށްދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމަށް ފަހު، އެ ކަންތައްތަކަކީ ޤާނޫނަށް އިޞްލާޙު ގެނެސްގެން މުރާޖަޢާކުރެވޭނެ ކަންތައްތަކެއް ކަމުގައިވާތީ، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ދަންނަވައިގެން ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ދެންނެވުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރައްވައި، ވޯޓުގައި ބައިވެރިވި 8 މެމްބަރުންގެ ޢިއްތިފާޤުން ނިންމެވިއެވެ. • ދައުލަތުން ޚަރަދު ކުރާގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާއިން ޕެންޝަން ނުވަތަ ރިޓަޔަރމަންޓް ޢިނާޔަތް ލިބޭ ފަރާތްތަކަށް މިހާރު ލިބެމުންދާ ޢިނާޔަތްތަކުގެ ތެރެއިން އެއް ސްކީމް އިޚްތިޔާރުކުރުން. • ޤާނޫނު ނަންބަރު: 9/2009 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މި ދަނޑިވަޅުގައި އެ ފަރާތްތަކަށް ދޭ ޢިނާޔަތުގެ ފައިސާ މުރާޖަޢާކުރުން.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

18 މޭ 2020

ކޮވިޑް-19 އާ ގުޅިގެން، ދައުލަތުން މުސާރައާއި ޢިނާޔަތްތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

27 ޖޫން 2019

"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ) ގެ ޚާއްސަ އޮޑިޓް ރިޕޯޓް (SPE-2016-01(D އާއި SPE-2014-57(D)" ދިރާސާކުރެއްވުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA