ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

15 ޖޫން 2020 11:00

ނަންބަރު

30

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 30 ވަނަ ބައްދަލުވުން

ޚުލާސާ

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ 14 ޖޫން 2020ގައި ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހިނގައިފައިވާ ސައިބަރ ތްރެޓް އަދި ސައިބަރ ސެކިއުރިޓީ އާ ގުޅޭގޮތުން މައްސަލަ ހުށަހަޅައި އެ މައްސަލަ އިތުރަށް ބެލުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ ޢިއްތިފާގުން ވަނީ ފާސްވެފައެވެ. އެއަށްފަހު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓް ހުށަހަޅުއްވައިދެއްވާ، ރިޕޯޓަށް އިސްލާޙު ހުށަހެޅުމަށް މެންބަރުންނަށް ހުޅުވައިލައިފައެވެ. އެ ގޮތުން ،ރިޕޯޓަށް ގެނެސްފައިވާ އިސްލާޙުތަކާއި އެކު އަދި ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިވެލޮޕްމަންޓް ޕްލޭން ގެ ޙުލާސާ ރިޕޯޓާއި އެކު އަލުން މަޝްވަރާކުރުމަށް ފަހު ރިޕޯޓް ފުރިހަމަކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA