ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 ޖޫން 2020 10:00

ނަންބަރު

31

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

ކޮވިޑް-19އާ ގުޅިގެން ވައިގެ މަގުން ކުރާ ދަތުރުފަތުރުތައް މެދުކަނޑާލުމަށްފަހު، އެ ދަތުރުތައް އަލުން ފެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ތައްޔާރުވެފައިވާފައިވާ މިންވަރު އަދި ނިއު ނޯމަލްއަށް ތައްޔާރުވުމަށް ކުރައްވަމުންދާ މަސައްކަތްތާ ގުޅޭ ގޮތުން އެބޭފުޅުންނާއި ވަނީ ސުވާލުކުރައްވައިފައެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ކުއާލިޓީ، އިބްރާހިމް އިޔާސް ވަނީ އެ ކޮމްޕަނީގެ ކޮވިޑް-19އާއި ގުޅިގެން އެކުލަވައިލެވިފައިވާ ސްޓޭންޑަރޑް އޮޕެރޭޓިންގް ޕްރޮސީޖަރ އަދި ޢޫސޫލުތައް އެކުލަވައިލެވިފައިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން،އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން އަދި ބައިނަލްއަޤަވާމީ ޤައުމުތައް؛އިންޑިއާ،ތައިލެންޑް އަދި ޗައިނާފަދަ ޤައުމުތަކުން އެކުލަވައިލާ ޢޫސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށްކަމަށާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން 14 ޖޫން 2020ގައި އެކުލަވައިލައިފައިވާ ޢުސޫލްތައް ޙިއްސާކޮށްދެއްވުމަށް އެދިފައިވާތީ ، 15 ޖޫން 2020ގައި ވަނީ އެ އޮތޯރިޓީއާއި ޙިއްސާކޮށްފައިވައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ފައިނަލް ޢުސޫލެއް އަދި އެކުލަވައިލެވިފައި ނުވާކަމަށް ވެސް އެބޭފުޅާ ހިއްސާކުރެއްވިއެވެ. ފްލައިޓްތަކުގެ ރިސްކް ކެޓަގަރީ ވަރަށް ގިނަ އެހެނިހެން ކަންކަމަށް ބިނާވެގެންވާނެކަމަށާއި ކޮންމެ ރިސްކް ކެޓަގަރީއެއްގައި ޢަމަލުކުރެވިގެންދާނެ ޢުސޫލުތައް ސްޓޭންޑަރޑް އޮޕެރޭޓިންގް ޕްރޮސީޖަރ އެކުލަވައިލެވިފައިވާނެކަމަށާއި މާލެ އަންނަ ކޮންމެ ފަސިންޖަރެއްވެސް ތަރމަލްކެމެރާ ބޭނުންކޮށްގެން ސްކީންކުރާނެ ކަމަށާއި ޕީސީއާރް އަދި ބަގޭޖް ޑިސްއިންފެކްޝަން ފުރުމުގެ މަޝްވަރާތައްކުރެވޭ ކަމަށް ހާމަކުރެއްވިއެވެ.ނަމަވެސް ފަސިންޖަރުން އުފުލުމުގައި (އެއަރ ކްރާޓް އަދި ފްލައިޓް) ގައި ސޯޝަލް ޑިސްޓެންސިންގް ގެންގުޅުއްވުމަކީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަންފަދަ އެސޯސިއޭޝަންތަކުން މަޖުބޫރުކުރުވާކަމަކަށް ނުވުމާއި އަދި ފްލައިޓްތަކުގެ ދަތުރުތައް ކުރަނީ ވައި ދައުރު ނުވާގޮތަށް ކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އިތުރު ޢުސޫލެއް ލިބެންދެން ފްލައިޓް އަދި އެއަރކްރާފްޓް ގައި ސޯޝަލް ޑިސްޓެންސިންގް ނުގެންގުޅުއްވާކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ކުއާލިޓީ، އިބްރާހިމް އިޔާސް ހާމަކުރެއްވިއެވެ. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޙިދުމަތްތައް 1 ޖުލައި 2020ގައި ފެށުމަށް؛ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަދި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓްގައި ނިންމަންޖެހޭ ކަންކަން 22 މެއި 2020ގައި ނިމި ޙިދުމަތް ދިނުމަށް ތައްޔާރުވެވޭނެކަމަށް މެނޭޖިންގ ޑިރެކްޓަރ ،މުޙައްމަދު ރިޒްވީ ހާމަކުރެއްވިއެވެ. ކޮވިޑް-19އާއި ގުޅިގެން އެފަދަ ހާލަތެއްގައި ޙިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އޮޕަރޭޝަން މުވައްޒަފުންނަށް ތަމްރީންތަކެއް ދެވިފައިވާ ކަމަށާއި މިމުވައްޒަފުންނަށް ރިސްކް އެލަވަންސް ދިނުމަށް ކަރުދާސްތައްޔާރުކޮށް ބޯޑަށް ހުށަހަޅައިފައިވާކަމަށާއި އަދި ބޯޑުން ވަކި ގޮތެއް ނުނިމޭކަމަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އައިޝަތު ޖެނިފާ ހާމަކުރެއްވިއެވެ.އަދި އެއްވެސް މަންޒިލަކަށް ނުކުރުމަށް ކަނޑައަޅައިފައިނުވާކަމަށާއި 1 ޖުލައި 2020ގައި ވައިގެ ދަތުރުތައް ފެށުމުގެ ކުރިން އޮންލައިން ޗެކިންގެ ޙިދުމަތް ފެށޭވަރުވާނެކަމަށް ވެސް އެބޭފުޅާހާމަކުރެއްވިއެވެ. ނަން މަޤާމް އަލްފާޟިލް މުޙައްމަދު ރިޒްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ އައިޝަތު ޖެނިފާ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝާހީން ޗީފް ފައިނޭންޝަލްސް އޮފިސަރ އަލްފާޟިލް ޙުސައިން ސުހައިލް ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އަލްފާޟިލް އިބްރާހީމް އިޔާސް ޑިރެކްޓަރ އޮފް ކުއާލިޓީ އަލްފާޟިލް އަޙްމަދު އިބްރާހީމް ޑިރެކްޓަރ އޮފް ގްރައުންޑް އޮޕަރޭޝަންސް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA