ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

21 އޭޕްރީލު 2020 14:30

ނަންބަރު

25

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައިގައި ކޮމިޓީގެ ދައިރާގައި ހިމެނޭ ކަންކަން ދިރާސާކުރުމަށްފަހު ރިކޮމެންޑޭޝަންތަކެއް ހުށަހަޅައި، ހުށަހެޅުންތަކާއެކު ކޮމިޓީ ރިޕޯޓު ކޮމިޓީ ރިޕޯޓު ފޮނުވުމަށް އެ ވަގުތު ކޮމިޓީގައި ހާޒިރުވެތިބި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ. ހުށަހެޅުންތަކަކީ: ހުށަހެޅުން 1: މިފްކޯގެ އިތުރުން ދިވެހިރާއްޖޭގައި ވެލިއު އެޑެޑް ޕްރަޑަކްޓްސް އުފައްދާ ފަރާތްތަކަށް އެސް.އެމް.އީ ލޯނު ލިބުމުގެ ފުރުޞަތާއި، ކާބޯތަކެތި ހަދާ ފަރާތްތަކަށް ރިލީފް ޕެކޭޖުން ފުރުޞަތު ހޯދައިދިނުމަށް؛ ހުށަހެޅުން 2: ދިވެހިރާއްޖެއަށް ކާބޯތެކެތި އެތެރެކުރާ ފަރާތްތަކަށާއި ބޭސް އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ބޭރު ފައިސާ އެމް.އެމް.އޭއިން ބޭންކްތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއިން އެ ފަރާތްތަކަށް ލިބޭނެކަން ކަށަވަރުކޮށްދީ އެމް.އެމް.އޭއިން އެކަމަށް ފިޔަވަޅުއެޅުން؛ ހުށަހެޅުން 3: ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސް ދިނުމުގައި ވަޒީފާ ގެއްލޭ ފަރާތްތައް އެސެސްކުރުމަށާއި ސެލްފް އެމްޕްލޯއިޑް ފަރާތްތައްވެސް ހިމެނޭނެ އުސޫލެއް ގެންގުޅުމަށް؛ ހުށަހެޅުން 4: ބޭންކް އޮފް މޯލްޑިވްސްގެ މޮރެޓޯރިއަމް ޕެކޭޖްގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ރިޒޯޓުތަކުގެ މުވައްޒަފުންނާއި އެ ފަރާތްތަކުގެ އާއިލާތައް ދެނެގަނެ އެ ފަރާތްތަކަށް ރިލީފް ޕެކޭޖެއް ފޯރުކޮށްދިނުމަށް؛ ހުށަހެޅުން 5: ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްޞީލްތަކާއި އެހީ ފޯރުކޮށްދިނުމުގައި އެސެސްކޮށްފައިވާގޮތުގެ ތަފްޞީލުތައް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް؛ ހުށަހެޅުން 6: ދައުލަތުގެ ހަރުމުދަލުގެ ދަފްތަރެއް އެކުލަވާލުމަށާއި ސަރުކާރުގެ ކުންފުނިތަކުގެ ހަރުމުދާ ރަހުނުކޮށްފައި ނަގާ ލޯނުތަކަކީ ކޮބާކަމާއި އެ ރަހުނުގެ މުއްދަތު ހަމަވާ މުއްދަތަކީ ކޮބައިކަން އެނގޭނެގޮތަށް ދަފްތަރެއް އެކުލަވާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް؛ ހުށަހެޅުން 7: މޮރިޓޯރިއަމްގެ ދަށުން ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދީފައިވާ ލޯނުތަކުގެ ތެރެއިން ޚާއްޞަކޮށް މާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތަށް ލުއި ދިނުމަށް؛ ހުށަހެޅުން 8: ކޮވިޑް-19 އާ ގުޅިގެން އެސް.އެމް.އީތަކަށް ރިލީފް ޕެކޭޖްގެ ދަށުން ދޫކުރާ ޢަދަދު އިތުރުކުރުމަށާއި (20 ނުވަތަ 30 އިންސައްތައަށް)، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ރިކަރަންޓް ޚަރަދުތައް ހަމަޖެއްސޭނެވަރުގެ މިންވަރެއް ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކޭނެ ވިޔަފާރިތަކަށް ރިލައިބަލް އަމައުންޓެއް ހަމަޖެއްސުމަށް؛ އަދި ހުށަހެޅުން 9: ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދީ ރިލީފް ޕެކޭޖް ތަންފީޒްކުރެވެމުންދާތީއާއި، ކޮންމެ ފަނަރަ ދުވަހަކުން އެއްފަހަރު އެ ކަންކަމާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޙަރަކާތްތަކުގެ ތަފްޞީލްތަކާއި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒުކުރެވެމުންދާގޮތުގެ ތަފްޞީލްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA