ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

29 އޭޕްރީލު 2020 16:00

ނަންބަރު

26

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

ިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީގައި މަސައްކަތް ކުރަމުންދާ ބިލުތަކާއި، މައްސަލަ އަދި ޤަރާރުގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ މަސައްކަތްތައް ނިންމޭނެ ކަމަށް ނުބެލެވޭތީ އެ މަސައްކަތްތަކުގެ ސުންގަޑި އިތުރުކުރުމެވެ. އެގޮތުން، ކޮމިޓީގައި ނުނިމިހުރި ބިލުތަކާއި މައްސަލަ އަދި ޤަރާރު (ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒްގެ ބިލު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޚިމާޔަތްކުރުމުގެ ބިލު، ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު އަދި ކޮމިޓީން ދިރާސާކުރައްވަމުންދާ މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލަ) ނިންމާނެ ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދު ކުރައްވާފައިވަނީ، 30 މެއި 2020 ގެ ނިޔަލަށް ކޮމިޓީގައި ހުރި މަސައްކަތްތައް ނިންމުމަށެވެ. މިހުށަހެޅުން ވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތިއްބެވި މެންބަރުން ގެ އަޢްލަބިއްޔަތުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA