ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 މޭ 2020 14:30

ނަންބަރު

27

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު، ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުއާ މެދު މަޝްވަރާކުރައްވާ ގޮތެއް ނިންމުމެގެ މަސައްކަތެވެ. އެގޮތުން، ރަށު އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް ޒަމާނީ ތަރައްޤީ ގެނުވައިދިނުމަށް ގޮވާލާ ޤަރާރު، ސަބް-ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުއާ މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ، ސަބްކޮމިޓީން މައި ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓު ކޮމިޓީން ބަލައިގަނެ، އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމާއި އެކު މިމަސައްކަތް ކޮމިޓީން ނިންމައި މަޖިލީހަށް ރިޕޯޓު ހުށަހެޅުމަށެވެ. ކޮމިޓީގެ ހުށަހެޅުންވުންތަކަކީ: 1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރިއަށްގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، އެ ސިސްޓަމް ބޭނުންކުރަން ފެށުމަށް؛ 2. ޤައުމީ ބިޒްނަސް-ޓު-ބިޒްނަސް އަދި ބިޒްނަސް-ޓު-ކޮންސިއުމަރ ޕްލެޓްފޯމުގެ ނިޒާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ލަފަޔާއި މަޝްވަރާއާއެކު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ޤާއިމްކޮށް، ތަރައްޤީކުރުމަށް؛ 3. ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ޕޯސްޓާއި ޕާރުސަލު ޑެލިވަރީގެ ދާއިރާގެ ރެގިއުލޭޓަރީ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށާއި "އާރް.އެފް.އައި.ޑީ"އަދި "ބްލޮކްޗެއިން" ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން "ސަޕްލައި ޗެއިން މެނޭޖްމަންޓް" ގެ ނިޒާމެއް ޤާއިމުކުރުމަށް؛ 4. އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ކުރެވޭ މުޢާމަލާތް ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގުމަށް ބޭނުންވާ ބިލުތަކުގެ މަސައްކަތް ހަލުވިކަމާއެކު ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA