ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

19 މޭ 2020 16:00

ނަންބަރު

28

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 28 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލާއި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޚިމާޔަތްކުރުމުގެ ބިލާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވުމެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ފަހު، މި ބިލުތަކުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދު ކުރައްވާފައިވަނީ، މި ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް 2 ވަނަ ފުރުޞަތެއް ދިނުމަށެވެ. އަދި މިހާރު މި ބިލުތަކުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 30 މެއި 2020 ކަމަށްވެފައި، އެ ތާރީޚަށް ކޮމިޓީން މަސައްކަތް ނިންމޭނެ ކަމަށް ލަފާނުކުރޭތީ މި 2 ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހަޅުއްވައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ތާއީދުކުރައްވާފައިވަނީ މި ބިލުތަކުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 15 ޖޫން 2020 އަށް ކަނޑައެޅުމަށެވެ. މި ހުށަހެޅުން ވަނީ އެއްވެސް މެންބަރެއް އިއުތިރާޒު ނުކުރާތީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA