ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

10 މާރިޗު 2020 12:30

ނަންބަރު

4

2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން މި ގަވާއިދުތައް މިއަދާ ހަމައަށްވެސް ނެހެދިފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފުންގެ ދަތިކަމާއި، މަސްވެރިކަމުގެ ޤާނޫނުގެ ދަށުން 1 އަހަރު ތެރޭ 12 މެނޭޖްމަންޓް ޕްލޭން ހަދަންޖެހިފައިވާތީ ވަރަށް ގިނަ ރިސޯސަސް އެކަމަށް ހަމަޖައްސަންޖެހިފައިވާތީކަމަށް މިނިސްޓްރީގެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. މިގޮތުން މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. 1. ސްޓޭޓް މިނިސްޓަރ، އަލްފާޟިލް ޙަސަން ރަޝީދު. 2. ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އާދަމް ޒިޔާދު. 3. އެސިސްޓަންޓް ޑިރެކްޓަރ، އަލްފާޟިލާ އައިމިނަތު ލުބުނާ. 4. ސީނިއަރ ލީގަލް އޮފިސަރ، އަލްފާޟިލް ނިހާމް ޖައުފަރު.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA