ގަވާއިދު ކޮމިޓީ

2020 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

12 އޭޕްރީލު 2020 12:30 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2008/6 (އާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް ހަމަވާތީ، އެ ޤާނޫނުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ޤާނޫނަށް ޢަމަލުކުރުމުގެ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރުމަށާއި އަދި މި މުއްދަތުގެ ތެރޭގައި ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތަކުގެ މަސައްކަތް ނިންމަވައި، 7 އެޕްރީލް 2020 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ނަންބަރު 32-LRD/57/2020/10 ސިޓީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ފޮނުއްވައި ދެއްވުމަށް އެ އޮފީހުގައި ދެންނެވުމަށާއި، އެ ގަވާއިދުތަކަށް ޢަމަލުކުރުމަށް އިތުރުކުރެވޭ މުއްދަތުގެ ތެރޭގައި ބިލުތަކުގެ މަސައްކަތް ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ފާސްވެ ތަސްދީޤުކޮށް ނިމެންޖެހޭ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގައި ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭފުޅުންނާ އެކު ބޭއްވުނު ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންތައްތަކާއި، އެ މިނިސްޓްރީގެ ބޭފުޅުން ގަވާއިދުތައް ހެދުމުގައި އިހުމާލުވެފައިވާކަން ކޮމިޓީގެ މެންބަރުންނަށް ފާހަގަވެފައިވާކަން ބަޔާންކޮށް މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ފޮނުއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

11 ފެބްރުއަރީ 2020

ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދިފައިނުވާތީ، އެ މައްސަލަ ބެއްލެވުން.

ކޮމެޓީ މަސައްކަތް ނިމިފައި

11 ފެބްރުއަރީ 2020

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ 02.11.2020

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA