ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

21 ޖޫން 2020 14:00 ނަންބަރު 32

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައު ޢާންމު ޙަލަތަށް ތައްޔާރުވުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އެމް.އޭ.ސީ.އެލް) ބޭފުޅުންނާއި ބައްދަލުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައިފައިވެއެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޢުސޫލްތަކާއި އެއްގޮތަށް އައިސޮލޭޝަން ސެންޓަރެއް (ޓްރާންސިޓް) ޤާއިމްކުރެވިފައިވާކަމަށް އަދި އެމް.އޭ.ސީ.އެލްގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް ޑުއަރިޒަމްގެ ޢުސޫލުތަކާއި އަޅައި ކިޔައި އެއްގޮތް ކުރަމުން ދާކަމަށް ހެލްތް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މޫސާ ޞާލިހު ހާމަކުރެއްވިއެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ ފުލް ނުވަތަ އޯވަރ ކުރިއަށް އޮތް ހަތަރު މަހުގައި ނުވާނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށާއި އެގޮތުން ދަތިކަމެއް ނެތި ފްލައިޓްތަކަށް ޙިދުމަތް ދެވޭނެކަމަށް އެ ބޭފުޅާ ހާމަކުރެއްވިއެވެ. އޮޓަރމޭޓެޑް ސަނިޓައިޒިންގް އަދި ފްލަޝިންގް ސިސްޓަމްތައް ބޯޑަރުތައް ހުޅުވާލުގެ ކުރިން ނިމޭތޯ މަސައްކަތް ކުރަމުންދާކަމަށް ހާމަކުރެއްވިއެވެ. ކޮވިޑް-19 އާއި ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށްފައިނުވާނެކަމަށާއި އެގޮތުން މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެން އޮޕަރޭޓިންގ ޙަރަދުތައް އަދި ކެޕިޓަލް އެކްޕެންޑިޗަރ ކުޑަ ކުރެވިފައިވާކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި އެމް.އޭ.ސީ.އެލް ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ނަން މަޤާމް 1. އަލްފާޟިލް މޫސާ ޞާލިހު އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލް އަހްމަދު ފަޔާޒް ޑެޕިއުޓީ ޗީފް އޮފިސަރ، އެއަރޕޯޓް އެމަޖެންސީ ސަރވިސަސް 3. އަލްފާޟިލް އިބްރާހީމް ހުސެއިން ޖެނެރަލް މެނޭޖަރ، ޓާރމިނަލް ސަރވިސަސް 4. އަލްފާޟިލް އިބްރާހީމް އިޔާޒް އެސޯސިއޭޓް ޖެނެރަލް މެނޭޖަރ، އޯރެޓް

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 ޖޫން 2020

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތައްޔާރުވެފައިވާ މިންވަރު ބެލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA