ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

23 ޖޫން 2020 12:30

ނަންބަރު

33

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު އިންޓަނޭޝަނަލް އެއަރޕޯޓްސްތައް ތައްޔާރުވެފައިވާ މިންވަރު ބަލައި މަޝްވަރާކޮށްފައިވެއެވެ. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑްއިން ކޭޓަރކުރެވޭނެ މިންވަރު ބެލުމަށް ހުށަހަޅައިފައެވެ. ބައްދަލުވުމުގައި ބައިވެރިވި މެންބަރުންވަނީ މިކަމާއި ގުޅޭ ރިޕޯޓް އަވަހަށް ނިންމުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ރިޕޯޓުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ހެދުމުގެ މަސައްކަތް އަވަސްކުރުމަށް ރިޕޯޓްގައި ހުށަހެޅުމަށްވެސް މަޝްވަރާކޮށްފައެވެ.ރިޔާސަތުން ވަނީ މިކަމާ ގުޅޭ ރިޕޯޓް ލިޔުމަށް އިދާރީ މުވައްޒަފުންނަށް އަންގަވައިފައެވެ. އަދި އައިލޭންޑް އޭވިއޭޝަން ސަރވިސަސްއާ ގުޅޭގޮތުން ކޮމިޓީން ބަލަމުންދާ މައްސަލަތަކާމެދު މަޝްވަރާކޮށްފައިވެއެވެ.އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ އެކުންފުނީގެ ބޯޑު އަދި އިދާރީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ބެލުމުގެ މުހިންމުކަން ފާގަކުރައްވައި އެކުންފުންޏަށް އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ސިޓީ ފޮނުވުމަށް ނިންމަވައިފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA