ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

24 ޖޫން 2020 14:00

ނަންބަރު

34

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ގުޅުންހުރި މައްސަލަތައް ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ޑްރާފްޓް ރިޕޯޓަށް އިސްލާޙު ހުށަހަޅައި އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ޙާލަތު ބެލުމަށް ފަހު ރިޕޯޓް ފާސްކުރުމަށް ނިންމެވިއެވެ އެހެނިހެން 1. އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުންފުނިތަކާއި ގުޅޭ ގޮތުން ތައްޔާރުކުރައްވަމުން ގެންދަވާ މައްސަލަތަކުގެ ( 1.މޯލްޑިވްސް އެއަރޕޯޓް ކޮމްޕަނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ރިޕޯޓް ،2. އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޕްރޮޖެކްޓް ރިޕޯޓް އަދި 3. މޯލްޑިވްސް ގޭސް ލިމިޓެޑް ގެ ރިޕޯޓް) ރިޕޯޓުތައް ނުލިބި ލަސްވަމުންދާތީ، ކުންފުނި ތަކުގެ ހިންގުމަށް އިދާރީ އަދި މާލީ ގޮންޖެހުންތަކެއް ހުރުމާއިއެކު އެ ކޮމިޝަން ޙާޒިރުކޮށް ސުވާލުކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ ތާޢީދުކުރައްވައިފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA