ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

25 ޖޫން 2020 14:00

ނަންބަރު

35

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ނިއު ނޯމަލްއަށް އިންޓަރނޭޝަނަލް އެއަރޕޯޓްތައް ތައްޔާރުވެފައިވާ މިންވަރު ދިރާސާކޮށް ކޮމިޓީއިން ނިންމި ގޮތުގެ ޑްރާފްޓް ރިޕޯޓާމެދު މަޝްވަރާކުރެވި އިސްލާޙުތައް ހުށަހަޅާފައިވެއެވެ.އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހުރިހާ މެންބަރުން ޒިޔާރަތްކޮށް އެއަރޕޯޓުގެ ޙާލަތު ބެލުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރެއްވިއެވެ. ފުރަބަންދުވުމުގެ ކުރިން ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތައް ފަށައި އާމްދަނީ ލިބެންދެން ދައުލަތުން ދެމުން އަންނަ އަސާސީ 2 ޚިދުމަތްކަމުގައިވާ ފެނާއި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެގޮތް ހައްދަވައިދެއްވުން އެދި މުޙައްމަދު ޒަހީން/ މ. ސާމީ ވިލާ، މާލެ ފޮނުވާފައިވާ ސިޓީއާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑް ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕަނީ ލިމިޓެޑަށް ފޮނުވި ސިޓީގެ ޖަވާބާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ގޮތުން ކުންފުނިތަކުން މިޙާލަތުގައި ދެވޭ ޙިދުމަތްތަކަށް އާންމު ފަރުދުންނަށް ފައިސާ ނުދެއްކުނު ކަމުގައިވީ ނަމަވެސް ޙިދުމަތް މެދުނުކަނޑާނެ ކަމަށާއި، ނުދެއްކޭ ފައިސާ މަސްތަކަކަށް ބަހައިލައިގެން ފައިސާ ދެއްކޭނެ އިންތިޒާމްގެ ވާހަކަ ޖަވާބުގައި ވީނަމަވެސް ކުންފުނިތަކުގެ އިންސްޓޯލްމަންޓް ޕޮލިސީ އިނގެން ނެތުމާއި ގުޅިގެން ، މި މަޢުލޫމާތު ސާފުކުރުމަށް ކުންފުނިތަކަށް ސިޓީލިޔުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާޢީދުކުރެއްވިއެވެ. އަދި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވަނީ މެއި އަދި ޖޫން މަހުގެ ފެނާއި ކަރަންޓުގެ ބިލަށް ސަރުކާރުން ދީފައިވާ ލުއި ކުރިއަށް އޮތް (ޖޫން، ޖުލައި އަދި އޮގަސްޓް) މަހަށް ދިނުމަށް ހުށަހަޅައިފައިވެއެވެ. މުޙައްމަދު ޒަހީން/ މ. ސާމީ ވިލާ، މާލެ ފޮނުވި ސިޓީގެ ޖަވާބުގައި ކުންފުނިތަކުން ލުއި ދީފައިވާކަމަށާއި، ބިލަށް ފައިސާ ނުދެއްކުނު ނަމަވެސް ޙިދުމަތް މެދު ނުކަނޑާނެ ކަމުގެ ޔަޤީންކަން ދީފައިވާކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވައި އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ ތާޢީދުކުރައްވައިފައެވެ. މާލޭގެ ބިމުގެ ދަތިކަން ތަޙައްމަލްކުރަމުންދާ ރައްޔިތުންނަށް ބިން ދެއްވުމުގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމަވާފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ފޮނުއްވި ސިޓީގެ ޖަވާބު، މެންބަރަށް ސިޓީއިން އެރުވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA