ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

29 ޖޫން 2020 14:00

ނަންބަރު

36

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 15,000 ރުފިޔާއަށް ވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރައްވާފައިވާކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ލިބިވަޑައިގެންފައިވާތީ، އެ މިނިސްޓްރީއާ މަޝްވަރާކުރައްވައިގެން މި މައްސަލަ ޙައްލުކުރެއްވުމަށް އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްއަށް ދެންނެވުމަށް، ކޮމިޓީއިން އެކުންފުންޏަށް ސިޓީ ފޮނުވުމަށް އަދި ފިނޭންސް މިނިސްޓްރީއަށް މައްސަލަ ނޮޓިފައި ކުރުމަށް ނިންމެވިއެވެ. ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ) ގެ ދަށުން އުފައްދަވާފައިވާ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށް ޤާނޫނުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބޭފުޅުން މި ކޮމިޓީއަށް ޙާޒިރުކޮށް، މަޢުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ފެއްޓެވުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުން ގެންގުޅުއްވާ އުސޫލާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެއްޓެވޭނެ ތާރީޙެއް ހޯއްދެވުމަށް އެދިވަޑައިގެން، އިގްތިޞާދީ ކޮމިޓީން 14 އޮކްޓޫބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރައްވައިފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ 350 ކާޑުގެ މަޢުލޫމާތު ޑާކް ވެބްގައި ލީކުވި މައްސަލައިގައި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން އެ ބޭންކާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިވޭތޯ ސާފުކުރެއްވުމަށް އަދި މިފަދަ ސައިބަރ ކްރައިމް ނުވަތަ ސައިބަރ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި އެ އޮތޯރިޓީއިން އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލް ޙިއްޞާކޮށްދެއްވުމަށް އޮތޯރިޓީއަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA