ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 ޖޫން 2020 12:30

ނަންބަރު

41

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ. ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ސުންގަޑި ކަނޑައަޅާ، ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިމުގެ މަސައްކަތެވެ. އެގޮތުން، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ކޮމިޓީން މިމަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމެވެ. ސުންގަޑިއެއް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ 30 ޖޫން 2020 ކަމަށެވެ. މިހުށަހެޅުމަށް އެއްވެސް މެންބަރެއް އިޢުތިރާޒު ނުކުރައްވާތީ މިހުށަހެޅުން ވަނީ ފާސްވެފައެވެ. އެއަށްފަހު، މިޤަރާރާއި މެދު މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި، މި ޤަރާރާއި ގުޅޭގޮތުން ކަމާގުޅޭ 7 އިދާރާއަކުން މައުލޫމާތު ސާފުކުރުމަށް ނިންމަވައި، މިޤަރާރު ހުށަހެޅުއްވި މެންބަރު ދެން އޮންނަ ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް ދެންނެވުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA