ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

24 ޖޫން 2020 12:30

ނަންބަރު

42

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 42 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ. ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިމުގެ މަސައްކަތެވެ. އެގޮތުން، މިބައްދަލުވުމުގައި މިޤަރާރު ހުށަހަޅުއްވާފައިވާ މެންބަރާއި ބައްދަލުކުރައްވައި މިޤަރާރާއި ގުޅިގެން ކޮމިޓީން ބޭނުންވި މައުލޫމާތުތައް ސާފުކުރެއްވިއެވެ. އަދި ކޮވިޑްގެ ޙާލަތުގައި ލާމަރުކަޒީ އުސޫލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި، ކޮވިޑް ޙާލަތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މުދާ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި، އަސާސީ ޚިދުމަތްތައް ލާމަރުކަޒީ ކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ މެނޭޖިންގ ޑިރެކްޓަރ އާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވުމަށް ވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA