ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

30 ޖޫން 2020 12:10

ނަންބަރު

44

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 44 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ. ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިމުގެ މަސައްކަތެވެ. އެގޮތުން، މިޤަރާރާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި، ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދަވާއިރުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް އިން ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއި މުސްތަޤުބަލުގައި ކުރުމަށް ރާއްވާފައިވާ މަސައްކަތްތަކުގެ ތަފްޞީލުތަކާއި ނިއު ނޯމަލްގައި ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމާއި އަދި އެކަންކަމަށް ބަޖެޓް ކުރައްވާފައިވާ ޢަދަދުތަކާއި، ގެސްޓް ހައުސް ވިޔަފާރިތައް ޕްރޮމޯޓް ކުރެއްވުމަށް ކުރަމުންދާ އަދި ކުރަން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން އަދި ނިއު-ނޯމަލްގައި ގެސްޓް ހައުސް ވިޔަފާރިތައް ޕްރޮމޯޓް ކުރެއްވުމަށް ހިންގެވުމަށް މިހާތަނަށް ރާއްވަވާފައިވާ އަދި މުސްތަޤުބަލުގައި މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ހިންގެވުމަށް ހަމަޖެހިފައިވާ ކަންކަމާއި އެކަންކަމަށް އެކަންކަމަށް ބަޖެޓް ކުރައްވާފައިވާ ޢަދަދުތަކުގެ ތަފްޞީލްތަކުގެ އިތުރުން ހޯމް-ސްޓޭ ކޮންސެޕްޓް ތަޢާރުފް ކުރެއްވުމަށް ތައްޔާރުވަމުން ގެންދަވާއިރު، އެކަން އިޝްތިހާރު ކުރެއްވުމަށް އެކުލަވާލައްވާފައިވާ ޕްލޭނުތަކުގެ ތަފްޞީލްތައް ހޯދުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA