އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

1 ޖުލައި 2020 12:15 ނަންބަރު 46

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ސުންގަޑި ކަނޑައަޅުއްވާފައިވާ މައްސަލަތަކުގެ ސުންގަޑިއާ މެދު ގޮތެއް ނިންމުން އަދި ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. އެގޮތުން، ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ސުންގަޑި ކަނޑައަޅުއްވާފައިވާ މައްސަލަތަކުގެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތެވެ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރު (ސުންގަޑި: 15 ޖުލައި 2020). މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އެދިވަޑައިގެންފައިވާތީ، 18 ފެބުރުވަރީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާއިން ފޮނުއްވާފައިވާ މައްސަލަ (ސުންގަޑި: 15 ޖުލައި 2020). މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ބިލު (ސުންގަޑި: 20 ޖުލައި 2020). ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސްގެ ބިލު (ސުންގަޑި: 15 އޮގަސްޓް 2020). ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ތަޢާރުފުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން އެހީ ދޫކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލް ހިމެނޭ ލިސްޓެއް ޢާންމުކޮށްދެއްވުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވާ މައުލޫމާތުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުއްވާފައިވާތީ މި މައްސަލަ އާއި މެދު މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުއްވާފައިވާ މައުލޫމާތު ޤާނޫނުތަކާއި ގަވާއިދުތަށް ތަންދޭ އެންމެ ފުޅާ މިންވަރަކަށް ޢާންމުކުރުމަށް ދެންނެވުމަށެވެ. އަދި އެ ލިސްޓް ޢާންމުކުރާއިރުގައި، ކުންފުނިތަކުގެ މަސައްކަތްތެރިން އަދި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތެރިން ވަކިން އެނގޭނެ ފަދަ ގޮތަކަށް ލިސްޓު ޢާންމުކުރުމަށް ދެންނެވުމަށް ވެސް ނިންމެވިއެވެ. އަދި މިމައްސަލަ ހުށަހަޅުއްވާފައިވާ މެންބަރަށް އެދިފައިވާ މައުލޫމާތު ޤާނޫނުތަކާއި ގަވާއިދުތަށް ތަންދޭ މިންވަރަށް ޢާންމުކުރުމަށް ކަމާގުޅުންހުރި އިދާރާގައި ދެންނެވިފައިވާ ކަމަށް ދެންނެވުމަށް ވެސް ނިންމެވިއެވެ. ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ދުނިޔޭގައި ކޮވިޑް-19 ސިއްހީ ކުއްލު ނުރައްކަލުގެ ކާރިސާގެ ސަބަބުން އިޤްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައިވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮނުވާފައިވާ ސިޓީއާއި ގުޅޭ ގޮތުން ހޯދުމަށް އެދިފައިވާ މައުލޫމާތު ލިބިފައިވާތީ އެ މައުލޫމާތު ކޮމިޓީއާއި ޙިއްޞާކުރެއްވުމަށް ފަހު މިމައްސަލަ ކޮމިޓީ ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

22 ޖޫން 2020

"ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

5 ޖޫން 2020

އިކޮނޮމިކް ރިލީފް ޕެކޭޖްދަށުން އެހީ ދޫކޮށްފައިވާ ފަރާތްތަކުގެ ތަފްޞީލް ހިމެނޭ ލިސްޓެއް ޢާންމުކޮށްދެއްވުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

19 މޭ 2020

ތިމާވެއްޓަށް އިޔާދަނުކުރެވޭނެ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮނުވާފައިވާ އޯޕަން ލެޓަރ.

ކޮމެޓީ މަސައްކަތް ނިމިފައި

18 ފެބްރުއަރީ 2020

މިނިމަމް ވޭޖް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 ފެބްރުއަރީ 2020

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

10 ޖުލައި 2019

ދިވެހިރާއްޖޭގެ ޤައުމީ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީސް ގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA