ގަވާއިދު ކޮމިޓީ

2020 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

7 ޖޫން 2020 11:00 ނަންބަރު 9

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ތަޞްދީޤުކުރައްވާފައިވާތީއާއި، އެ ޤާނޫނަށް ޢަމަލުކުރަން ފަށާނެ ތާރީޚަކީ ހިނގަމުންމިދާ އަހަރުގެ ނޮވެންބަރު މަސްކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު ހިމެނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ނިންމެވިއެވެ. އަދި ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލު ޤާނޫނު) ގައި ހިމެނޭ މާއްދާތަކުގެ ތެރެއިން، ކޮންމެހެން ޢަމަލުކުރަން ފެންނަ މުހިންމު މާއްދާތަކަށް ޢަމަލުކުރުން އަވަސްކޮށް، ޢަމަލުކުރަން ފެށުމަށް އިތުރު ވަގުތު ބޭނުންވާ އެހެން މާއްދާތަކަށް އެކަށީގެންވާ މުއްދަތަކަށް ޢަމަލުކުރުމަށް ފަސްކުރުމަކީ، ޖުވެނައިލް ކޯޓުގައި ކުރިއަށްދާ ކުޑަކުދިންނާގުޅޭ މައްސަލަތަކުގައި ޢަމަލުކުރާނެ ޤާނޫނީ މިންގަނޑަކަށް ލިބޭނެ ޙައްލެއްކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި މިހާރު ޢަމަލުކުރަން ފެނިވަޑައިގަންނަވާ މުހިންމު މާއްދާތަކަކީ ކޮބައިކަމާއި، ޢަމަލުކުރުން ފެށުމަށް އިތުރު ވަގުތު ބޭނުންވާ މާއްދާތަކަކީ ކޮބައިކަން ސާފުކުރެއްވުމަށް ކަމާގުޅޭ އިދާރާތަކަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

16 އޭޕްރީލު 2020

"ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު"، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލުގައި ހިމަނައިދެއްވުން އެދި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފޮނުއްވާފައިވާ ސިޓީ.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA