ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

30 ޖޫން 2020 12:00

ނަންބަރު

32

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

1. "އެމް.ވީ.ސީ ހޯމް ސަފަޔަރ" ބޯޓަކީ ސިވިލް ކޯޓުގެ ޤަޟިއްޔާއިން މޯލްލިންކްސް ޕްރައިވެޓް ލިމިޓެޑްއަށް 1.2 މިލިއަން ޑޮލަރު ދެއްކުމަށް ޙުކުމްކޮށްފައިވާ ބޯޓެއްކަމަށާއި، ސިވިލް ކޯޓުން ކުރި ޙުކުމް، ބޯޓުގެ ހެޑް އޯނަރ، ވިއެޓްނާމްގެ އެގްރި ބޭންކްއިން ޤަބޫލުކޮށްފައިވާކަމަށާއި، މިގޮތުން އޯނަރޝިޕް ބަދަލުކުރުމުގެ މަޝްވަރާކުރަމުން ދަނިކޮށް، ސަރުކާރުން ބޯޓު ޖަހައިގަނެގެން ގެންގޮސް ، ބޯޓުގެ ހުރިހައި މެޝިނަރީއާއި އިކުވިޕްމަންޓް ވަގަށް ނަގުވައި، ބޯޓު ކަފާލައި، ބޯޓުގެ ކޮމާޝަލް ވެލިއު ގެއްލުވާލާފައިވާތީ، މިއީ ކުންފުނީގެ ޙައްޤު ގެއްލިފައިވާގޮތަށް ދައުލަތުން ޢަމަލުކޮށްފައިވާ ކަމަކަށްވާތީ، ކުންފުނީގެ ޙައްޤުތައް ލިބިދިނުމަށް އިލްތިމާސްކޮށް 02 ޑިސެންބަރު 2019 ގައި ފޮނުއްވާފައިވާ ސިޓީއާ މެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު، މައްސަލައިގައި އެ ފަރާތުގެ ޙައްޤަށް އުނިކަމެއް އައިސްފައިވާކަމަށް ޤަބޫލުކުރެއްވޭނަމަ، އެކަމެއް ޝަރީޢަތަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެ ފަރާތަށް ދެންނެވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައި އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގެ އަޢުލަބިއްޔަތުން ފާސްވެފައެވެ. 2. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 2 ޕްރޮޖެކްޓަކަށް އެންމެ ކުޑަ އަގު އެސްޓީއޯގެ ފަރާތުން ހުށަހަޅުއްވާފައިވަނިކޮށް، މެޑިޓެކް މޯލްޑިވްސްއަށް މި ޕްރޮޖެކްޓު ޙަވާލުކުރެވުނު ގޮތް ބައްލަވާދެއްވުން އެދި، 18 ފެބުރުވަރީ 2020 ގައި ހުށަހަޅުއްވާފައިވާ މައްސަލައިގައި މަޝްވަރާކުރުމަށް ފަހު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA