ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

5 ފެބްރުއަރީ 2020 14:00

ނަންބަރު

3

2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވެވިއެވެ. މިގޮތުން މަޖިލީހުގެ ޖަލްސާތައް އޮންނަ ދުވަސްތަކުގައި ކޮމިޓީގެ ބައްދަލުވުންތައް މެންދުރު 14:00 ން 15:00 އަށް ބޭއްވެވުމަށް ކޮމިޓީގެ މެންބަރުން އިއްތިފާޤުން ނިންމެވިއެވެ. މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ، ގދ. މަޑަވެލި-ހޯޑެއްދޫ ގުޅާލުމަށް ހަދާވައިވާ ކޯޒްވޭ ހަދާފައިވާގޮތުން ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލައާ ގުޅޭ މަސައްކަތް ކޮމިޓީން ނިންމަވާފައިވާތީ މި މައްސަލައިގެ ރިޕޯޓް ފާސްކުރުން 11 ފެބްރުވަރީ 2020 ވާ އަންގާރަ ދުވަހަށް ތާވަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރެއްވުމަށް ހަމަޖައްސަވާފައިވާ މަސައްކަތްތައް ދިރާސާކުރެއްވުމަށާއި އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތުގެ ތެރެއިން މިނިސްޓްރީ އެންވަޔަރަންމެންޓާގުޅޭ މަސައްކަތްތަކުގެ ޕްރޮގްރެސް ދިރާސާކުރެއްވުމަށް ކޮމިޓީގެ ސަބް ކޮމިޓީއެއް ހޮއްވެވުމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހެޅުއްވެވިއެވެ. އަދި މި ހުށަހެޅުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދުކުރެއްވެވިއެވެ. ކޮމިޓީއަށް ހުށަހެޅިފައިވާ ޤަރާރުތަކުގެ ތެރެއިން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރާއި ކަރަންޓުގެ ހިދުމަތުގެއަގު ހެޔޮ ކުރުމަށް ހުށަހެޅިފައިވާ ޤަރާރުގެ ރިޕޯޓްގެ މަސައްކަތް ނިމިފައިވުމުން، މި ދެ ޤާރާރުގެ ރިޕޯޓް ފައިނަލްކުރުމުގެ މަސައްކަތް 10 ފެބްރުވަރީ 2020 ވާ ހޯމަ ދުވަހަށް އެޖެންޑާކުރުމަށް ކޮމިޓީގެ މެންބަރުން އިއްތިފާޤުވެލެއްވެވިއެވެ. އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ހުށަހަޅުއްވާފައިވާ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރައްތަކުންނާއި އަދި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާ ޤަރާރާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ބޭފުޅުން ޙާޒިރުކުރެއްވުމަށް ކޮމިޓީގެ މެންބަރުން އިއްތިފާޤުވެލެއްވެވިއެވެ. 2010 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ބައޮޑިގްރޭޑަބަލް ކޮތަޅު އެތެރެކޮށް ވިޔަފާރި ކުރަމުން ދަނިކޮށް 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބައޮޑިގްރޭޑަބަލް ކޮތަޅު ސުން ޕަރސެންޓް ޑިޔުޓީގައި އެތެރެކުރުމުގެ ހުއްދަ ނުދެއްވާނެކަން އަންގަވާފައިވާތީ، އެކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އީކޯ ޔުނީކް ޕްރޮޑަކްޓްސް ޕވޓ،ލޓޑ ފޮނުއްވާފައިވާ ސިޓީން އެބޭފުޅުން އެދިލައްވާފައިވާ ގޮތަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވެވުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހެޅުއްވެވިއެވެ. އަދި މި ހުށަހެޅުއްވުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރެއްވެވިއެވެ. އަދި ކޮމިޓީގައި އެވަގުތު ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްކުރެވުނެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފޮނުއްވާފައިވާ، ނ. އަތޮޅު މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި އީ.ޕީ.އޭ އިން ހަދާފައިވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓާއި ޚިލާފަށް، އެންވަޔަރަންމަންޓް މިނިސްޓްރީން ޢަމަލުކޮށްފައިވާތީ އެ މިނިސްޓްރީ ޖަވާބުދާރީ ކުރުވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސިޓީ ފޮނުވުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. ދަނޑުވެރިކަމުގައި ކެމިކަލްގެ މާއްދާތައް ބޭނުންކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަދި އޭގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ސޯލާ އެނާރޖީ ގްރީންހައުސް ތަކެއް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން ހާމަކޮށް ފޮނުވާފައިވާ ސިޓީ އާ މެދު ގޮތެއް ނިންމުން. މި މަޢުލޫމާތު އެގްރިކަލްޗަރ މިނިސްޓްރީ އަށް ހުށަހެޅުމަށް ސިޓީފޮނުވި ފަރާތައް ދެއްނެވުމަށް ކޮމިޓީއިން ނިންމެވިއެވެ. ނ. މަނަދޫ، ލަންދޫ އަދި ކުޑަފަރީގެ ކުނި މެނޭޖްކުރުމާ ގުޅޭގޮތުން އެ ރަށްރަށުގެ ކައުންސިލްތަކުން ފޮނުވާފައިވާ ސިޓީތަކާގުޅޭ ގޮތުން ކޮމިޓީއިން ގޮތެއް ނިންމުން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދިއައެވެ. އެގޮތުން އެ މައްސަލަ އަކީ އީ.ޕީ.އޭ ގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ މި މައްސަލަ އެފަރާތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދެންނެވުމަށް ކޮމިޓީއިން ފާސްކުރިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

8 ޖުލައި 2020

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރެއިން އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތް ދިރަސާކުރުން

ކުރިޔަށް ދަނީ

19 ޖެނުއަރީ 2020

ބައޮޑިގްރޭޑަބަލް ކޮތަޅު ސުން ޕަރސެންޓް ޑިޔުޓީގައި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނުދެއްވާނެކަން އަންގަވާފައިވާތީ ހުށަހެޅުނު މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

15 ޖެނުއަރީ 2020

ނ. އަތޮޅު މާފަރު އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓުގެ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

11 ޑިސެމްބަރު 2019

ކުޑަފަރީގައި އުފެދޭ ކުނި ނައްތާލުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

11 ޑިސެމްބަރު 2019

ލަންދޫގައި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

11 ޑިސެމްބަރު 2019

މަނަދޫގެ ކުނި މެނޭޖްކުރުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

26 ނޮވެމްބަރު 2019

ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

13 ނޮވެމްބަރު 2019

އދ އޮމަދޫއިން އުސޫލާ ހަމަތަކާ ހިލާފަށް 103 ގޯތި ދޫކޮށްފައިވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

30 އޮކްޓޯބަރު 2019

ދަނޑުވެރިކަމުގައި ކެމިކަލް ބޭނުންކުރާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަދި އޭގެ ބަދަލުގައި ސޯލާ އެނާރޖީ ގްރީންހައުސް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން ހާމަކޮށް ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

15 ޖުލައި 2019

ގދ. މަޑަވެލި-ހޯޑެއްދޫ ގުޅާލުމަށް ހަދާވައިވާ ކޯޒްވޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

8 ޖުލައި 2019

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން، 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރެއްވުމަށް ހަމަޖައްސަވާފައިވާ މަސައްކަތްތައް ދިރާސާކުރެއްވުން

ކުރިޔަށް ދަނީ

11 ޖޫން 2019

މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA