ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

10 ފެބްރުއަރީ 2020 14:00

ނަންބަރު

4

2020 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ކޮމިޓީއަށް ހުށަހެޅިފައިވާ ޤަރާރުތަކުގެ ތެރެއިން "ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މި ބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުޞަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި އެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހަޅާ ޤަރާރު" ގެ ރިޕޯޓް ފާސްކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން މި ރިޕޯޓް އިދާރީ މޭޒުން ތައްޔާރުކުރައްވާފައިވާ ގޮތަށް ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މިގޮތަށް ފާސްކުރެވުނެވެ. އެއަށްފަހު، "ކަރަންޓުގެ ހިދުމަތުގެއަގު ހެޔޮ ކުރުމަށް ހުށަހެޅިފައިވާ ޤަރާރު" ގެ ރިޕޯޓް ފައިނަލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. މިގޮތުން ކޮމިޓީގެ ނިންމެވުން ތެރޭގައިވާ، "ރައްޔިތުންގެ ތެރެއިން ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިކޮށްދިނުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އެކަމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓު ރޭޓް 8% އަށް ދަށްކޮށްދިނުން" ގެ ބަދަލުގައި "ރައްޔިތުންގެ ތެރެއިން ސޯލަރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިކޮށްދިނުމުގެގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އެކަމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓު ރޭޓް 5% އަށް ދަށްކޮށްދިނުން" އަށް ބަދަލުކުރެއްވުމަށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އަދި މި ކަމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
19 ނޮވެމްބަރު 2019 - ކަރަންޓުގެ ހިދުމަތުގެއަގު ހެޔޮ ކުރުމަށް ހުށަހެޅިފައިވާ ޤަރާރު
11 ޖޫން 2019 - މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ޤަރާރު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA