ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

11 ފެބްރުއަރީ 2020 14:00

ނަންބަރު

5

2020 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ގދ. މަޑަވެލި-ހޯޑެއްދޫ ގުޅާލުމަށް ހަދާވައިވާ ކޯޒްވޭ ހަދާފައިވާގޮތުން ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލަ އާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ މައްސަލަ ސަބް ކޮމިޓީން ނިންމަވާފައިވާ ރިޕޯޓް މައި ކޮމިޓީން ފާސްކުރެއްވުމެވެ. މިގޮތުން ސަބް ކޮމިޓީން ތައްޔާރުކުރައްވާފައިވާ ރިޕޯޓް، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ރިޕޯޓް ފާސްކުރުމާގުޅޭގޮތުން ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން މި ރިޕޯޓް ފާސްކުރެވުނެވެ. އެއަށްފަހު، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ "ފެނާއި ނަރުދަމާގެ ބިލު" ގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެގޮތުން މި ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް މުޅި ކޮމިޓީން ކުރިއަށް ގެންދެއްވުމަށް ފެންނަކަމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ތާއީދުކުރެއްވެވެވިއެވެ. އަދި މި ހުށަހެޅުއްވުމަށް ކޮމިޓީގައި އެވަގުތު ޙާޟިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރެއް އިޢުތިރާޟެއް ނުކުރެއްވުމުން މިގޮތަށް މި ބިލުގެ މަސައްކަތް ކުރިއަށް ގެންދެއްވުމަށް ނިންމެވުނެވެ. އަދި މި ބިލުގެ މަސައްކަތް މަޖިލީހުގެ ޖަލްސާ އޮންނަ 3 ދުވަހުގައި ކުރިއަށް ގެންދެއްވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ. އަދި މި ބިލާގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންދެއްވުމުގެ ކުރިން ސްޓޭކްހޯލްޑަރސްގެ ކޮމެންޓާއި އަދި އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ. އަދި ހަމައެހެންމެ، ފެނާއި ނަރުދަމާގެ ބިލު ޑްރާފްޓްކުރެއްވުމަށް ހޮއްވެވި ސަބް ކޮމިޓީން ނިންމަވާފައިވާ ބިލާއި ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލު އެއްކޮށްލެއްވުމަށް ފެންނަކަމަށް މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ހުށަހެޅުއްވެވިއެވެ. އަދި މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރެއް އިޢުތިރާޟްނުކުރެއްވުމުން މިގޮތަށް މި ހުށަހެޅުއްވުން ފާސްކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
11 ފެބްރުއަރީ 2020 - ފެނާއި ނަރުދަމާގެ ބިލު
15 ޖުލައި 2019 - ގދ. މަޑަވެލި-ހޯޑެއްދޫ ގުޅާލުމަށް ހަދާވައިވާ ކޯޒްވޭ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA