ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

17 މޭ 2020 21:00

ނަންބަރު

21

2020 ވަނަ އަހަރުގެ 21 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން މި ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ތަފްސީލް ހޯދުމަށް ހުރިހާ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ސިޓީ ފޮނުވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ކައުންސިލްތަކުން ތިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކަށް އެކަމާއި ގުޅޭގޮތުން މޯލްޑިވްސް ޑިޒާސްޓަރ މޭނޭޖްމަންޓް ސެންޓަރާއި، މިނިސްޓަރީ އޮފް އެންވައިރަމަންޓް އެންޑް އެނާރޖީގެ ބޭފުޅުންނައި ބައްދަލުކޮށް މަޝްވަރާކުރުމަށް ނިންމަވާފައިވެއެވެ. ދެވަނަ ކަމަކަށް ކޮމިޓީން މަޝްވަރާކޮށްފައިވަނީ މިހާރު ކޮމިޓީއަށް ހުށަހެޅިފައިވާ 'މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލް' ގެ ސުންގަޑި އިތުރުކުރުމާއި 'ޔުޓިލިޓީ ރެގިއުލޭޓަރީ ބިލު' ގެ ސުންގަޑި ކަނޑައެޅުމާއި ގުޅޭ ގޮތުންނެވެ. މިގޮތުން މި ދެ ބިލުގެ ސުންގަޑިއަކީ 29 ޖޫން 2020 ކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA