ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

1 ޖޫން 2020 11:00

ނަންބަރު

23

2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓަރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރސްޓްރަކްޗަރގެ ބޭފުޅުންނާއި ބައްދަލުކުރުމެވެ. ދެވަނަ ކަމަކަށް ކޮމިޓީން މަޝްވަރާކޮށްފައިވަނީ ކ.ގުޅިފަޅުގައި ޤާއިމުކުރެވޭ ޕޯޓްގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލައާ ގުޅޭގޮތުންނެވެ. މިގޮތުން މިމައްސަލައާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމަށާއި ދެން އޮންނަ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރސްޓްރަކްޗަރ، މިނިސްޓާރ އޮފް އެންވަޔަރަންމަންޓް އަދި އީ ޕީ އޭ ގެ އިސްވެރިންގެ އިތުރުން މި ޕްރޮޖެކްޓްގެ އީ އައި އޭ ކޮންސަލްޓަންޓާ ބައްދަލުކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA