ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

15 ޖޫން 2020 14:00

ނަންބަރު

27

2020 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ފެނާއި ނަރުދަމާގެ ބިލުގެ ކޮމިޓީ ރިޕޯޓް ފާސްކުރުމުގެ މަސައްކަތެވެ. މިގޮތުން މި ރިޕޯރޓް ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢިއްތިފާޤުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލާގުޅޭގޮތުން ޚިޔާލުހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ސިޓީފޮނުވުމަށް ނިންމެވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ޕްލޭނިންގ، ހައިސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެމް.ޑަބްލިއު.އެސް.ސީ، އެލް.ޖީ.އޭ، އެނަރޖީ އޮތޯރިޓީ، އީ.ޕީ.އޭ، އެޗް.ޕީ.އޭ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި ރެޑް ކްރެސެންޓްއިން ބިލާގުޅޭގޮތުން ޚިޔާލު ލިޔުމުން ހޯދުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ފަހުގެ ތާރީޚެއްގައި މި ފަރާތްތަކާ ބައްދަލުކުރުމަށްވެސް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 މާރިޗު 2020 - ޔުޓިލިޓީ ރެގިއުލޭތަރި އޮތޮރިޓީ ބިލު
11 ފެބްރުއަރީ 2020 - ފެނާއި ނަރުދަމާގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA