ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

22 ޖޫން 2020 14:00

ނަންބަރު

29

2020 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދިއައީ ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މައްސަލައެއް ހުށަހެޅުއްވުމެވެ. އެގޮތުން ހުވަދު އަތޮޅުގެ ގިނަރައްތަކަކުން ގަސް ކަނޑާ އެގަސްތައް މިފްކޯއިން ދަރުގެ ގޮތުގައި ގަންނަމުންދާ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވިއެވެ. އަދި މި މައްސަލަ ކޮމިޓީއިން ބަލައިގަތުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް އަބްދުﷲ ތާޢީދުކުރެއްވިއެވެ. މި މައްސަލަ ދިރާސާކުރުމަށް ސަބް ކޮމިޓީއެއް ނަގައި އެ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށް ނިންމެވިއެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އަދި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން އެވެ. ދެން ކޮމިޓީގައި ކުރިއަށް ގެންދިއައީ މިހާރު ކޮމިޓީއަށް ހުށަހެޅިފައިވާ ޔުޓީލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަބް ކޮމިޓީއެއް ނަގައި އެ މަސައްކަތް އެ ސަބް ކޮމިޓީއާ ހަވާލުކުރުމުގެ މަސައްކަތް ކުރުމެވެ. އެގޮތުން މި ސަބްކޮމިޓީގައި ހެނިވަޑާއިގަންނަވާ މެންބަރުންނަކީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ކަމަށް ކޮމިޓީން ފާސްކުރެއްވިއެވެ. މީގެ އިތުރުން، މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ކުރެއްވެވިއެވެ. ފަހުކަމެއްގެ ގޮތުގައި މި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވަނީ އެންވެރިކަމުގައި ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުންދާކަމާއި އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައެވެ. އަދި މިމައްސަލަ ކޮމިޓީއިންދިރާސާ ކުރެއްވުމުގެ މަސައްކަތް ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދިއުމަށް ކޮމިޓީއިން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA