ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

16 މާރިޗު 2020 11:11

ނަންބަރު

14

2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

- ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން 30 މުވައްޒަފުންނަށްވުރެ ގިނަ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަކުުރުމާއި ގޯނާކުރުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ ބަލައި ،މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމަށްޓަކައި އުފައްދަންޖެހޭ ކޮމިޓީތައް ބައެއް އިދާރާތަކުގައި އުފައްދާފައި ނުވާކަމުގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ، އެކަން ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވުމަށް ނިންމެވި. - ދެވަނަ ކަމެއްގެ ގޮތުގައި، ނޭޝަނަލް ޕަވަރޓީލައިންގެ ދަށުގައި ދިރިއުޅޭ ޢާއިލާތަކަކީ ކޮވިޑް-19ގެ ސަބަބުން މިހާރު ފޯރުކޮށްދޭންޖެހޭ ވަރަށްވުރެ އިތުރަށް، ޞިއްހީ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭނެ ބަޔަކަށްވާތީ، އެކަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސަމާލުކަމަށް ގެނެސް، އެފަދަ ޢާއިލާތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށްޓަކައި އެ މިނިސްޓްރީއަށް ކުރެއްވޭނެ ކަންކަމަކީ ކޮބައިކަން ހޯދުމަށް އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމަށް ނިންމެވި. - ކޮވިޑް-19އާ ގުޅިގެން އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ހުންނަ މުވައްޒަފުންގެ އަހަރީ ޗުއްޓީއިން އެ ދުވަސްތައް ކަނޑަމުންދާތީ، އެއީ ޤާނޫނާ ޚިލާފުކަމެއްކަމަށްވާތީ، އެކަމުގައި ޢަމަލުކުރާނެ ގޮތަކާގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ ލަފައެއް ހޯދުމަށް ކޮމިޓީން ނިންމެވި. - ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާޠިލުކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީއިން ތައްޔާރުކުރައްވާފައިވާ ރިޕޯޓު ފާސްކުރެއްވި. - ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅޭ މައްސަލައާއި، ފޮސްޓަރ ޢާއިލާތަކަށް ލިބެންޖެހޭ އެހީތެރިކަން ނުލިބޭ މައްސަލަ، ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ނިންމެވި.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA